ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)474/474/2019/14
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 07 އޮކްޓޫބަރު 2019 13:00
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއަށް ބޭނުންވާ ފޮޓޯ ކޮޕީމެޝިން ސަޕްލައިކޮށް ދިނުން

  1. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއަށް ބޭނުންވާ ފޮޓޯ ކޮޕީމެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިނިސްޓްރީއަށް ފޮޓޯ ކޮޕީމެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 07 އޮކްޓޫބަރ 2019 ހޯމަ ދުވަހުގެ 10:00 ގައެވެ.
  3. މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. އަދި އެއްވެސް ސުވާލެއްވާނަމަ 06 އޮކްޓޫބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މި ބީލަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3302200

އީ-މެއިލް: [email protected]

30 ސެޕްޓެންބަރު 2019