މަސައްކަތް
ނަންބަރު: GS-65-A/2019/38
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 17 އޮކްޓޫބަރު 2019 11:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް 1 (އެކެއް) އަހަރު ދުވަހަށް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

އެކްޓިވިޓީ ޔުނިފޯމް 1 (އެކެއް) އަހަރު ދުވަހަށް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް،  ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް  01(އެއް) އަހަރު ދުވަހަށް އަމިއްލަ ޚަރަދުގައި ފަހައި ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ،

މި ސްކޫލުން ކުރި ނަމްބަރ GS-65-A/2019/35  ( 17 ސެޕްޓެމްބަރ 2019 ) އިޢުލާނުގެ ބީލަންފޮތުގެ މަޢުލޫމާތަށް ބަދަލުތަކެއް ގެންނަންބޭނުންވެގެން އެއިޢުލާން ބާތިލްކޮށްފައިވާތީ،

މިމަސައްކަތަށް ޝަތުރުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ވިލުފުށީ ސްކޫލް އޮފީސް

08 އޮކްޓޯބަރ 2019

އަންގާރަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

ވިލުފުށީ ސްކޫލް އޮފީސް

17 އޮކްޓޯބަރ 2019

ބުރާސްފަތި

11:00

            މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ،

އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. 

އަދި މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

30 މުޙައްރަމް 1441                                       

 29 ސެޕްޓެމްބަރ 2019                                       

29 ސެޕްޓެންބަރު 2019