ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2019/79
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 09 އޮކްޓޫބަރު 2019 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މަޤާމް:                 ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:           J-309264

ބޭނުންވާ އަދަދު:            1 ( އެކެއް )

މަޤާމުގެ ގިންތި:             ދާއިމީ

މަޤާމުގެ ރޭންކް:             އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:       މާލެއަތޮޅު ހިންމަފުށި ކައުންސިލްގެ އިދާރާ

ސެކްޝަން / ޔުނިޓް:          އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މުސާރަ:                  މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވެންސް:          މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވެންސް:          ސަޕޯޓިންގް ކޯ އެލެވަންސް އެއްގެގޮތުގައި މަހަކު 700.00 ރުފިޔާ     

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި، ވާޖިބުތައް:

1- ކައުންސިލުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ތަރައްޤީގެ ޕްރޮޖެކްޓްތައް ހެދުން

2- ރަށުތަރައްޤީ ޕްލޭނަށް ބިނާކޮށް ހަދަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ފޮނުވަންޖެހެ ފަރާތްތަކަށް ފޮނުވުން

3- ކޮންމެ 5 އަހަރަކުން އެއްފަހަރު ހަދަންޖެހޭ ރަށުތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލާ ތައްޔާރުކުރުން

4- ރަށުގައި ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ މޮނިޓަރިން ރިޕޯޓް ހެދުމާއި ކައުންސިލުން ކަނޑައަޅުއްވާ ކަންތައްތައް ކުރުން

5- ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ތަރައްޤީ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ ޕްރޮޖެކްޓް ތަކުގެ ބަޖެޓް ތައްޔާރުކުރުމާއި ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

6- ކައުންސިލުން ރާވާ އެކިފަރާތްތަކާއި އެކު ކުރިއަށް ގެންދަންޖެހޭ ޕްރޮޖެކްޓް އެކުލަވާލާ، ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

7- ކައުންސިލްގެ ފަރާތުން އެކިފަރާތްތަކާއި ޙަވާލުކޮށްގެން ކުރުވަންޖެހޭ މަސައްކަތްތަކާއި ބެހޭ އެއްބަސްވުން ތައްޔާރުކޮށް އެކަންކަމާއި ބެހޭ ލިއުންތައް ލިއެ ރެކޯޑް ބެލެހެއްޓުން

8- ކައުންސިލުން ބަލަހައްޓަންޖެހޭ ޢިމާރާތްތަކާއި ތަންތަން މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

9- ކޮންމެއަހަރެއް ނިމުމުން އެއަހަރެއްގެ ޙާޞިލްކުރެވުނު ލަނޑުދަނޑިތައް މިންވަރުބަލާ، ކުރިއަށް އޮތް އަހަރަށް ތަރައްޤީ ޕްލޭން މުރާޖަޢާކޮށް ކައުންސިލަށް ހުށަހެޅުމަށް ބޭނުންވާ ލިއުންތައް ނިންމުން

10- ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ސެކްޝަނަށްލިބޭ ސިޓީ މެސެޖު ފަދައެއްޗަކަށް

ޖަވާބުދިނުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން

މީގެ އިތުރުންވެސް ކައުނސިލުން ކަނޑައަޅާ އިދާރާގެ މަސައްކަތްތަކާއި، ޒިންމަދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން

މަޤާމް ޝަރުތުތައް :

1 – ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓްއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް :

1 - ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެދޭފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ،

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމެއް ކޮޕީ.

   (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

   1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

   3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ނ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ރ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން.

 ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

     (ހ) ތަޢުލީމާއި ތަމްރީން

     (ށ) މަސައްކަތުގެ ތަޖުރިބާ

     (ނ) މުއައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު

     (ރ) އަދި، އިންޓަރވިއު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮކްޓޯބަރު 2019 ގެ 13:00 ގެ ކުރިން، ހިންމަފުށި ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު :

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 10 އޮކްޓޯބަރު 2019 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ހިންމަފުށި ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން :

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރުގެ ރަސްމީގަޑީގައި ގުޅުއްވާނީ (6642024) ނަންބަރު ފޯނާއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

30 ސެޕްޓެންބަރު 2019