ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)345-CAA/345/2019/36
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 13 އޮކްޓޫބަރު 2019 13:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
 ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައިހިމެނިގެން އއ. މާޅޮހުގައި ހައުސިންގްޔުނިޓް އެޅުމާ ބެހޭގޮތުންކުރެވުނު ނަންބަރ IUL)345-CAA/345/2019/35) އިޢުލާނު ބާތިލުކޮށް އަލުން އިޢުލާން ކުރުން

 
 

ނަންބަރު:IUL)345-CAA/345/2019/36)

 

 

 

 

އިޢުލާން

 

            ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެތެރޭގައިހިމެނޭ 20000 ހައުސިންޔުނިޓް މަސްރޫޢުގެ ތެރޭގައި ހިމެނިގެން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގް ޔުނިޓްތަކުގެތެރެއިން، މިރަށުން ދޫކޮށްފައިވާ ގޯތިތަކާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެދަށުން އަތޮޅުތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގް ޔުނިޓް ޢިމާރާތްކުރުމާބެހޭ އުސޫލާ އެއްގޮތަށް، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތައް ކަނޑައެޅުމަށް ބޭނުންވެއްޖެއެވެ.

            މި މަސްރޫޢުގެ ދަށުން ގޯތީގައި ގެ ޢިމާރާތްކުރުމަށް އެދޭ ފަރާތްތަކަށް ތިރީގައި މި ދަންނަވާ ހައުސިންގް ޔުނިޓްތަކުގެ ތެރެއިން ކޮންމެވެސް އެއް ހައުސިންގް ޔުނިޓަކަށް އެދެވިދާނެއެވެ.

(ހ) ގޯތީގައި ގެ ޢިމާރާތްކުރުމަށް އެދޭ ފަރާތްތަކަށް ( ސިންގަލް ސްޓޯރީ / އާދައިގެ ގެ )

(ށ) ގޯތީގައި ގެ ޢިމާރާތްކުރުމަށް އެދޭ ފަރާތްތަކަށް ( ޓޫ ސްޓޯރީ / ދެބުރި ގެ )

            މި މަސްރޫޢުގެ ދަށުން ޢިމާރާތްކުރެވޭނީ 3ކޮޓަރި، 3ފާޚާނާ، ސިޓިންގްރޫމް އަދި ބަދިގެ ހިމެނޭ ގެތައްކަމުގައާއި އަދި މިނިސްޓްރީން ކަނޑައަޅާ ސިންގަލް ސްޓޯރީ 3ޑިޒައިން، ޓޫ ސްޓޯރީ 2ޑިޒައިންގެތެރެއިން ކޮންމެ ޑިޒަނެއް ނެގިކަމުގައިވިޔަސް ގެތަކުގެ ޢިމާރާތްކުރެވޭ ތަޅުމުގެ ބޮޑުމިނުގެގޮތުގައި ހުންނާނީ 900އަކަފޫޓުކަމުގައި ދަންނަވަމެވެ.

            މި މަސްރޫޢުގެ ދަށުން ގޯތީގައި ގެ ޢިމާރާތްކުރުމަށް އެދޭ ފަރާތްތައް ކަނޑައަޅާނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެދަށުން އަތޮޅުތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގްޔުނިޓް ޢިމާރާތްކުރުމާބެހޭ އުސޫލުގެ 4.3 އާއި އަދި އެ އުސޫލުގެ 8ވަނަ ނަންބަރާ ހަވާލާދީ، " ދިރިއުޅުމަށް އއ. މާޅޮހުން ދޫކޮށްފައިވާ ގޯތިތަކުގައި ގެ އެޅުމަށް މަޢުލޫމާތު ސާފުކުރާ ފޯމް " ފުރިހަމަކޮށް މި އިޢުލާނުގައި ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ފޯމް ހުށަހަޅާ ފަރާތްތަކުގެ މެދުގައި ޕޮއިންޓް ދިނުމަށް މި އިޢުލާނުގައި ބަޔާންކުރާ ޕޮއިންޓްދިނުމުގެ އުސޫލާ އެއްގޮތަށް ޕޮއިންޓްދީގެން އެންމެގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދީގެން މި މަސްރޫޢުގެދަށުން ލިބިފައިވާ ހައުސިންގް ޔުނިޓްތަކުގެ ނިސްބަތައް ބަލައިގެންކަމުގައި ދަންނަވަމެވެ.

 

"ދިރިއުޅުމަށް އއ. މާޅޮހުން ދޫކޮށްފައިވާ ގޯތިތަކުގައި ގެ އެޅުމަށް އެދޭ ފޯމް" ގައި ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލު:

#

ޕޮއިންޓްދެވޭ ދާއިރާތައް

ޕޮއިންޓް

1

ގޯތި ލިބިފައިވާ ފަރާތަކީ، އުމުރުން 18އަހަރާއި 30އަހަރާ ދެމެދުގެ ފަރާތެއްނަމަ

07 ޕޮއިންޓް

2

ގޯތި ލިބިފައިވާ ފަރާތަކީ، 30އަހަރުން މަތީ ފަރާތެއްނަމަ

10 ޕޮއިންޓް

3

ޢުމުރުން 18އަހަރުން ދަށުގެ ދަރިއަކުހުރިނަމަ

05 ޕޮއިންޓް

4

ޢުމުރުން 18އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް

( މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް )

04 ޕޮއިންޓް

5

ދާއިމީގޮތެއްގައި ޚާއްސަ އެހީއަށްބޭނުންވާފަރާތެއް ބަލަމުންދާނަމަ

05 ޕޮއިންޓް

6

ދާއިމީގޮތެއްގައި ޚާއްސަ އެހީއަށްބޭނުންވާ އެއްފަރާތަށްވުރެގިނަފަރާތް ބަލަމުންދާނަމަ މީހަކަށް

 04 ޕޮއިންޓް

#

ޕޮއިންޓް އުނިކުރުން

ޕޮއިންޓް

 

އަނބިމީހާ ނުވަތަ ފިރިމީހާއަށް ބޯހިޔާވަހިކަމެއް ލިބިފައިވުން

25 ޕޮއިންޓް

           

            މިކަމަށްއެދި ކުރިމަތިލާ ފަރާތްތަކަކީ، ރަށުންދޫކުރި ގޯތިތަކުގެތެރެއިން 1600އަކަފޫޓުގެ ގޯއްޗެއް ލިބިފައިވާ ފަރާތެއްކަމުގައިވުން ނުވަތަ ހިބައިން، ވަސިއްޔަތުން އަދި ވާރިސުންގެމެދުގައި ތަރިކަ ބަހައިގެން ގޯތިން ބައި ލިބި އެބައި ރަޖިސްޓްރީކުރެވިފައިވާ ފަރާތަކަށްވުމާއި، އަދި އެފަދަ ފަރާތަކީ ތަޅުމުގެ ބޮޑުމިނުގައި 900އަކަފޫޓު ހުންނަ ގެއެއް ޢިމާރާތްކުރެވޭނެ ޖާގައޮތް ބިމެއް އޮތް ފަރާތަކަށްވާންވާނެއެވެ.

            ވީމާ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެދަށުން އަތޮޅުތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގް ޔުނިޓް ޢިމާރާތްކުރުމާބެހޭ އުސޫލާ އެއްގޮތްވާގޮތުގެމަތިން، ތިމާއަށް ލިބިފައިވާ ގޯތީގައި، މި މަސްރޫޢުގެދަށުން ގެ އެޅުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން، 13 އޮކްޓޯބަރ 2019 ވާ އާދިއްތަދުވަހުގެ 13:00ގެ ކުރީން މިކަމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.

 

            ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ދެންނެވި މުއްދަތުގައި ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން ފެށިގެން 13:00އާއި ދެމެދުގައެވެ. ފޯމް ލިބެން ހުންނާނީ މި އިދާރާގެ ކައުންޓަރުންނާއި އަދި މި އިދާރާގެ ވެބްސައިޓް www.aamaalhos.gov.mv އެވެ. ފުރިހަމަކޮށްފައިވާ ފޯމްތައް މި އިދާރާގެ މެއިލް [email protected] ގެ ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އިތުރު މަޢުލޫމާތު މި އިދާރާގެ ނަންބަރ 6660059 ފޯނަށް ގުޅުމުން ސާފުކޮށްދެވޭނެއެވެ.

            މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 ސެޕްޓެންބަރު 2019