ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ދިއްދޫ ބަނދަރުގައި މަސްކަނޑާ 2 އަށި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ޑޮކިއުމަންޓްސްގައި ބަޔާން ކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
30 ސެޕްޓެމްބަރ 2019 އިން 8 އޮކްޓޯބަރ 2019 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނުން ނުވަތަ [email protected] އަށް މެއިލް ކޮށްގެން |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
9 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:45 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:45 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި |
މި ޕްރޮޖެކްޓާގުޅޭ ބީލަން ޑޮކިއުމަންޓްސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯންއާއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.