މަސައްކަތް
ނަންބަރު: MMS-A/2019/30
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 03 އޮކްޓޫބަރު 2019 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ސާރވާއެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

  ނަންބަރު:MMS-A/2019/30

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ސާރވާއެއް ހޯދަން ބޭނުންވެއްޖެ

 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ސާރވާ އެއް ހޯދުމަށް ބޭނުންވެގެން 2019 ސެޕްޓެމްބަރު 25 ވަނަ ދުވަހު ކުރެވުނު ފުރަތަމަ އިޢުލާނު ނަންބަރު MMS-A/2019/28 އާއި ގުޅިގެން ބީލަން ހުށަހެޅުމަށް 3 ފަރާތުން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މި ސަރވިސްގެ ފަރާތުން މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތް ވާ ގޮތުގެމަތީން ސާރވާއެއް ފޯރުކޮށްދޭނެ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

2019 އޮކްޓޫބަރު 03 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުޅުލޭގައި ހުންނަ މި ސަރވިސްގެ މައި އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓު (ޓާރމްސް އޮފް ރިފަރެންސް) މި އިޢުލާނާއެކު ގެޒެޓުގައި އެޓޭޗް ކުރެވިފައި ވާނެއެވެ.

30 ސެޕްޓެންބަރު 2019