ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ އިއުލާން ނަންބަރު (IUL)-BCC/2019/10 އަދި (IUL)-BCC/2019/22 އަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، މި ކޯޕަރޭޝަންގެ ދަށުން ގާއިމް ކުރެވިފައިވާ ތިރީގައި މިދަންނަވާ ބިޒްނަސް ސެންޓަރ ތަކަށް ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބިޒްނަސް ސެންޓަރ ހދ. ކުޅުދުއްފުށި
01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
ބިޒްނަސް ސެންޓަރ ޅ. ނައިފަރު
01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
ބިޒްނަސް ސެންޓަރ ލ. ގަން
01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ
މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ
މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރު 2019 ގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްތަކުގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އެދި ސިޓީ ހުށަހަޅާނީ:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
3 ވަނަ ފަންގިފިލާ، ސަކީނާ މަންޒިލް
މެދުޒިޔާރަތް މަގު
ފޯނު: 3010569 (960)+
އީމެއިލް: [email protected]
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.