ދިވެހިރާއްޖެ
`
ދިގުރަށު ސްކޫލް
އދ.ދިގުރަށް، ދިވެހިރާއްޖެ
ތާރީޚް: 29 ސެޕްޓެންބަރ 2019 ނަންބަރު:GS160/2019/222
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިއަހަރު 24 އޮކްޓޫބަރ 2019 އިން 24 އޮކްޓޫބަރ 2020 ގެ ނިޔަލަށް މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި 02 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިގުރަށު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
07 އޮކްޓޫބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 |
16 އޮކްޓޫބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 |
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ގޭގެ ކުރެހުމާއި ގޭގައި ހުންނާނެ ތަކެތީގެ އިންވެންޓްރީ ހުށަހެޅުއްވުމަށް އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ޚާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީ އަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅާގެ އައި.ޑީ ކާޑް ގެންނަންވާނެއެވެ
ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
29 ސެޕްޓެންބަރ 2019