މަސައްކަތް
ނަންބަރު: (IUL)SH-FAH-RM/2019/23
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 06 އޮކްޓޫބަރު 2019 10:30
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް އެހެންތަނަކަށް ބަދަލުކުރުމާއި ޕަބްލިކް ހެލްތު ޔުނިޓްގެ ބައެއް މަރާމާތުތައް ކުރުން

އިޢުލާން

މިހޮސްޕިޓަލުގެ އިމަރޖެންސީ ރޫމްގެ ޚިދުމަތް، ހޮސްޕިޓަލު ޢިމާރާތުގެ އެހެން ތަނަކަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތާއި އަދި ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓްގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކުރި ނަންބަރ: (IUL)SH-FAH-RM/2019/17 ގުޅިގެން ހުށަހެޅި ބިޑް ސެކިއުރިޓީ ޓެންޑަރ ކޮމެޓީއިން ބާޠިލުކުރުމާއި ގުޅިގެން އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 10:30 އަށް ށ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 10:30އަށް ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

                                 30 މުޙައްރަމް 1441

29 ސެޕްޓެންބަރު 2019