ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)B-04/FHC/2019/09
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 08 އޮކްޓޫބަރު 2019 00:13
ހދ. ފިނޭ ހެލްތު ސެންޓަރ
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

ފިނޭ ޞިއްޙީމަރުކަޒު

ހދ.ފިނޭ          

އިޤްތިޞާދީ ފުދުންތެރިކަން – އިޖްތިމާޢީ ހަމަޖެހުން

ދިވެހިރާއްޖެ

ނަންބަރު:IUL)B-04/FHC/2019/09)

ވަޒީފާގެ ފުރުޞަތު

ތާރީޚް:29  ސެޕްޓެމްބަރ 2019

 

 

މި ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.

މަގާމު

ރިސެޕްޝަނިސްޓް

ބޭނުންވާ ޢަދަދު

01

މަޤާމުގެ ނަންބަރ

J-275738

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަގާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

ހދ.ފިނޭ ޞިއްޙީމަރުކަޒު

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ހދ.ފިނޭ ޞިއްޙީމަރުކަޒު

މަޤާމް އޮތް އޮފީސް

ހދ.ފިނޭ ޞިއްޙީމަރުކަޒު

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -1500/ ރުފިޔާ

ސަޕޯރޓިންގް ކޯ އެލަވަންސް

މަހަކު -/700 ރުފިޔާ

އިތުރު ޢިނާޔަތްތައް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

  1. އޯޕީޑީއަށް އަންނަ ބަލިމީހުން ޑޮކްޓަރަށް ދެއްކުމަށް މެމޯ ހެއްދުން.  
  2. މަރުކަޒުން ޙިދުމަތްހޯދާ ހުރިހާ ފަރާތްތަކަށް އާސަންދައާއި އެހެނިހެން އިންޝުއަރެންސް ސްކީމްތަކުގެ ޚިދުމަތް ޤަވާއިދާ އެއްގޮތަށް ދިނުން.
  3. އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާ ފަރާތް ތަކަށް ގަވާއިދާ އެއްގޮތަށް އެޕޮއިންމަންޓްގެ ކަންތައް ކުރިއަށްގެންދިއުން.
  4. ފޯނުން ލިބޭ މެސެޖްތައް ނޯޓްކޮށް އަވަހަށް އެފަރާތްތަކަށް ރައްދުކުރުން.
  5. އޯޕީޑީގެ ކައުންޓަރުގައި ހުންނަ ފޮތްތަކާއި ލިޔުންތަކާއި ތަޅުދަނޑިތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުން.
  6. ޑޮކްޓަރުންނާއި ބަލިމީހުންނާއި ދެމެދު ކޮންސަލްޓޭޝަން ރޫމްތަކުގައި ތަރުޖަމާކޮށްދޭން ޖެހިއްޖެ ޙާލަތެއްގައި ކޮށްދިނުން.
  7. ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން.
  8. ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކިކަންކަމުގައި އަންނަ މީހުންނަށް މަރުޙަބާ ކިޔުމާއި އެކު އެމީހެއްގެ ބޭނުން ރަގަޅަށް އޮޅުންފިލުވައި އެހީތެރިވެދީ ހެދުން.
  9. މަރުކަޒަށް އަންނަ ކޮންމެމީހަކަށް ނުވަތަ ފޯނުންގުޅާ ކޮންމެ މީހަކާއި ބައްދަލުކޮށް އިޙްތިރާމާއެކު މެހްމާން ދާރީ އަދާކުރުމާއި އޭނާއަށް އެކަށީގެންވާ ގޮތަށް ޖަވާބުދާރީވެ އަވަސްކޮށް ކަންކަން ނިމިގެންދާނެގޮތުގެ މަތީން މަސައްކަތްކުރުން، އަދި ބޭނުންވާކަމެއް ވަގުތުން ކޮށްނުދެވޭނަމަ ނުވަތަ ލަސްވާނަމަ ޚިދުމަތް ލިބިގަތުމަށް މަޑުކުރަންޖެހޭ މީހެއްގެ ކަންތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމީހަކަށް ދިނުން.

  10. ޙާލުދެރަ ބަލިމީހަކު ގެންނަކަން އެގިއްޖެނަމަ އެމްބިއުލާންސް ތައްޔާރުކުރުވާ އެބަލިމީހާ ބަލާ ފޮނުވުމާއި ގުޅުންހުރި ފަރާތްތަކަށް އެންގުން

11. ދެވޭ ޚިދުމަތްތަކުގެ ތެރެއިން އަގުނަގަން ހަމަޖެހިފައިވާ ޚިދުމަތްތަކަށް އަގުނެގުމާއި ބެހޭ ކަންތައްތައް ކުރުން

  12. ފައިސާ ބަލައިގަތުމުގަ އާއި ފައިސާ ގެންގުޅުމުގައި ޤަވާޢިދާއި އެއްގޮތަށް ޢަމަލުކުރުން

  13. ފައިސާ ބަލައިގެން ރަސީދު ދޫކުރުމަށްފަހު ޚިދުމަތް ދެވޭގޮތްނުވެގެން ފައިސާ އަބުރާދޭން ޖެހިއްޖެނަމަ އެޚިދުމަތްދޭ ޑިޕާރޓްމެންޓެއްގެ އިންޗާޖަކު އެޚިދުމަތް ނުދެވޭކަމާއި ނުދެވުނު ސަބަބުލިޔެ ސޮއިކޮށްފައިވާ ލިޔުމަކާއިއެކު ހުށަހެޅުމުން އެފައިސާ އެފަރާތަކާއި ޙަވާލުކުރުން

  14. ރަސީދުތަކާއި ބިލްތައް ރައްކާތެރިކަމާއިއެކު ބެހެއްޓުން

  15. މީގެ އިތުރުން މަރުކަޒުގެ އިސްވެރިން އަންގަވާ ކަންތައްތަކުގައި އެހީތެރިވެ އެއްބާރުލުން ދިނުން

 

މަޤާމުގެ ޝަރުޠުތައް

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ތައުލީމީ ރޮނގުތައް

އެޑްމިނިސްޓްރޭޝަން، ކަސްޓަމަރ ކެއަރ

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މިޞިއްޙީމަރުކަޒުގެ އޮފީހުން، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން   ލިބެންހުންނާނެއެވެ. )

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 08 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހދ.ފިނޭ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، ( [email protected]) އެވެ.  އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

13 އޮކްޓޯބަރ 2019 އިން 12 ނޮވެމްބަރ 2019 އާއި ދެމެދު ހދ.އަތޮޅު ހެލްތު ސަރވިސަސްގައެވެ. މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  

 

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6520575 އެވެ. 

 

 

30 މުޙައްރަމް  1441

29 ސެޕްޓެމްބަރ 2019 

 

 

 

 

[email protected] ފިނޭ ޞިއްޙީމަރުކަޒު         ފޯން އަދި ފެކްސް :6520575     އީމެއިލް:

29 ސެޕްޓެންބަރު 2019