ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 2019/115/އޭ-198
|
ތާރީޚް: 27 ސެޕްޓެންބަރު 2019
|
މަޤާމު
|
އެސިސްޓެންޓް ލީގަލް އޮފިސަރ
|
ރޭންކް: އެލް.އެސް 2
|
ޢަދަދު
|
1
|
މަސައްކަތްކުރަންޖެހޭ ތަން
|
ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓު
|
އަސާސީ މުސާރަ
|
-/9,412 ރުފިޔާ
|
އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/4,706 (އަސާސީ މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/3,000
- ލިވިންގ އެލަވަންސް: -/2,550
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
|
އަސާސީ ޝަރުޠު
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.
|
އެހެނިހެން ޝަރުތު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓު މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މައިގަނޑު މަސައްކަތްތައް
|
- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.
- ކޯޓަށް ހުށަހެޅޭ ވަރި ކައިވެންޏާބެހޭ ފޯމްތަކާއި، އެގްރީމެންޓް ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭ ފޯމްތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކް ކުރުން
- ކޯޓަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅޭ ތަރުތީބުން ސެކްޝަންތަކާ ޙަވާލުކުރުން.
- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި ޝަރުޢީ ސެކްޝަންތަކަށް އެހީތެރިވެ ދިނުން.
- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށާއި މީހުން ޙާޟިރުކޮށްދިނުމަށް އަންނަ މެސެޖްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ބަޔާންތައް ނެގުން.
- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކޮށް ތައްޔާރު ކުރުން.
- އެގްރީމެންޓް ރަޖިސްޓްރީ ކުރުން.
- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި ޤަވާޢިދުތަކަށް ގެނެވޭ އިސްލާޙްތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓު ހިންގުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓުގެ މަޝްވަރާގެ މަތިން ކުރުން.
- މައްސަލައެއް ނިމުމާއެކު ދުވަހުން ދުވަހަށް ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓް ޙަވާލުކުރުމާއި، އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމަށް އެދޭ ފަރާތްތަކުގެ ރިޕޯޓް ލަސްނުކޮށް ޤަވާޢިދުން ދޫކުރުން.
- ޝަރުޢީ މަސައްކަތްކުރާ ސެކްޝަންތަކަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.
- ޤާނޫނުތަކާއި ޤަވާޢިދުތައް އެއްކޮށް ހޯދައި ފަސޭހައިން ފެންނާނޭހެން ބެހެއްޓުން.
- ކޮންމެ މަހެއް ނިމުމުން ޝަރުޢީ ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި ތަފާސްހިސާބު ތައްޔާރުކުރާ މުވައްޒަފާއި ޙަވާލުކުރުން.
- ނިމޭ މައްސަލަތަކުގެ ފައިލްތަކުގައި މައްސަލައާއި ގުޅިގެން ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމައަށް ހުރިތޯ ބެލުމާއި، ރިޕޯޓް ތައްޔާރުކޮށް ފައިލަށް ލެވިފައިވޭތޯ ޗެކްކުރުމަށްފަހު ސްކޭންކުރުމުގެ މަސައްކަތްކުރާ މުވައްޒަފާއި ފައިލްތައް ޙަވާލުކުރުން.
- މިނޫނަސް ޝަރީޢަތާއި ބެހޭ ސެކްޝަންތަކުގެ މަސައްކަތްތައް މެޖިސްޓްރޭޓުން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
ހުށަހަޅަން ޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
2- ކުރިމަތިލާ ފަރާތުގެ ވަނަވަރު
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
2019 އޮކްޓޫބަރު 07 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓާއި ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރ: 3340855,6890525
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
އެސިސްޓެންޓް ލީގަލް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: 40 ޕަސެންޓް
- މަސައްކަތުގެ ތަޖުރިިބާ: 8 ޕަސެންޓް
- އިންޓަރވިއު އާއި މަސައްކަތަށް ބޭނުންވާ ހުނަރަށް :40 ޕަސެންޓް
- ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި، ޕަރފޯމެންސަށް: 12 ޕަސެންޓް
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ، އަތޮޅުގެ އެހެން ކޯޓުތަކަށް ދަތުރު ކުރަންޖެހޭ ހާލަތެއްގައި ދަތުރު ކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ޕޮރޮފެޝަނަލް ފެންވަރެއްގައި ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތަކަށްވުން.
- ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހަލުވެރި ފަރާތަކަށްވުން
- ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި، ވަޒީފާއާ ބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގޭ ފަރާތަކަށްވުން.
|