ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2019/84
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 21:06
ސުންގަޑި: 06 އޮކްޓޫބަރު 2019 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގެ ބައެއް މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ އުސޫލަށް ބަދަލުގެނައުން.

 މާލޭގެ ބައެއް މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ އުސޫލަށް ބަދަލުގެނައުން.

    މާލޭގެ ބައެއް މަގުތަކުގައި މިހާރު އެއްގަމު އުޅަނދު ދުއްވުމަށް ހަމަޖެހިފައިވާ އުސޫލަށް ބަދަލު ގެނައުމަށް މާލޭ  ސިޓީކައުންސިލްގެ 3 ވަނަ ދައުރުގެ 74 ވަނަ ޖަލްސާއިން 3 ސެޕްޓެމްބަރު 2019 ގައި ނިންމާފައިވުމާއެކު 28 ސެޕްޓެމްބަރު 2019 ވަނަ ދުވަހުން ފެށިގެން ތިރީގައި މިދަންނަވާ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

        1- އަލިކިލެގެފާނުމަގު ދެކުނުން އުތުރަށް ބޮޑުރަސްގެފާނުމަގާ ހަމައަށް އެއްކޮޅަށް.

        2- ފާށަނާކިލެގެމަގު އުތުރުން ދެކުނަށް އެއްކޮޅަށް.

        3- ހުސްނުހީނާމަގު އުތުރުން ދެކުނަށް އެއްކޮޅަށް.

        4- ހިތަށްފިނިވާމަގު ނޫރާނީގޯޅިއާއި ހުސްނުހީނާމަގާ ދެމެދު ދެކޮޅަށް.

        5- ދަރުމަވަންތަމަގު ހުޅަގުން އިރަށް އެއްކޮޅަށް.

        6- ޝަހީދުކުޑައާދަމްގެ ކުޑަތުއްތު ހިނގުން، ލިލީމަގާއި ދަރުމަވަންތަމަގާއި ދެމެދު ދެކޮޅަށް.

        7- ހިލާލީމަގު، ބުރުޒުމަގާއި އަމީނީމަގާ ދެމެދު ދެކޮޅަށް.

        8- ބޮކަރުމާގޯޅި ހުޅަނގުން އިރަށް އެއްކޮޅަށް.

        9- އުޖާލާ ހިނގުން ބޮޑުތަކުރުފާނުމަގުން އިރަށް ހިލާލީމަގާ ހަމައަށް އެއްކޮޅަށް.

    ވީމާ އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                          29 މުޚައްރަމް   1441

28 ސެޕްޓެންބަރު 2019