މަސައްކަތް
ނަންބަރު: GS-168/IUL/2019/21
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 13 އޮކްޓޫބަރު 2019 11:00
ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސީ ބްލޮކް އިމާރާތުގެ އެތެރެއިން ސީލިންގާއި ހަމައަށް ފާރެއް ރާނައި ސިމެންތި ޖަހައި ތަޅުމުގައި މުށިޖެހުން

·        މި ސްކޫލުގެ ސީ ބްލޮކް އިމާރާތުގެ  އެތެރެއިން ސީލިންގާއި ހަމައަށް ފާރެއް ރާނައި ސިމެންތި ޖަހައި ތަޅުމުގައި މުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

·        މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 29 ސެޕްޓެމްބަރ 2019 އިން 2 އޮކްޓޯބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

·        މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 6 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

·        މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 7 އޮކްޓޯބަރ 2019 ހޯމަ ދުވަހުގެ މެންދުރު 11:00 ގައި ދިއްގަރު ސްކޫލައި އޮންނާނެއެވެ.

 

·        ބިޑް ހުޅުވުން އޮންނާނީ 13 އޮކްޓޯބަރ 2019 އާދީއްތ ދުވަހުގެ މެންދުރު 11:00 ގައި ދިއްގަރު ސްކޫލައި އޮންނާނެއެވެ.

 

·        މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދިއްގަރު ސްކޫލް

މ.ދިއްގަރު

ފޯން:7952904

އީ-މެއިލް: [email protected]

26 ސެޕްޓެންބަރު 2019