މުބާރާތް
ނަންބަރު: MBA/IUL/2019/20
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 08 އޮކްޓޫބަރު 2019 11:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
14 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 2 ވަނަ ޑިވިޝަން)

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 15 އޮކްޓޯބަރ 2019 ގައި ފެށުމަށް ހަމަޖެހިފައިވާ 14 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު، ފިރިހެން 2 ވަނަ ޑިވިޝަންގައި ބައިވެރިވުމަށް ބޭނުންވާ ކްލަބް/ޖަމްޢިއްޔާ ތަކުން 2 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެކަން މިއެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 8 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލްކޮށް، ޓީމްލިސްޓުގެ އަސްލު ހުށަހެޅުމަށް ހަމައެދުވަހުގެ 14:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ ގުރުއަތުލުމުގެ ޖަލްސާއަށް ބައިވެރިވި ކްލަބްގެ މެނޭޖަރ މިއެސޯސިއޭޝަންއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ނޯޓް:

މަތީގައި ދެންނެވިފައިވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ 26 ސެޕްޓެމްބަރ 2019 ކުރިން ކޮމިޝަނަރ އޮފް ސްޕޯރޓްގައި ރަޖިސްޓްރީވެ މި އެސޯސިއޭޝަނަށް އެކާމާއިގުޅޭ ލިޔުންތައް ހުށަހަޅާފައިވާ ކްލަބް/ ޖަމްއިއްޔާތަކަށެވެ.

 

  • މުބާރާތުގައި ބައިވެރިވުމާއި ޓީމްލިސްޓް ހުށައެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން އެފަދަ ލިޔެކިޔުންތައް ހުށައެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އަދި ސުންގަޑި ހަމަވުމަށްފަހުގައި ހުށައެޅޭ އެއްވެސް ލިޔުމެއް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
26 ސެޕްޓެންބަރު 2019