ދިވެހިރާއްޖެ
އިޢުލާން
މިއޮތޯރިޓީއިން ކޮށްފައިވާމި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
މަގާމް |
ކޮމްޕިއުޓަރ ޕްރޮގްރާމަރ |
މަޤާމް ނަމްބަރު |
J-134280 |
ބޭނުންވާ އަދަދު |
01 |
މަޤާމް ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެމްއެސް 1 |
މަގާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
ސޮފްޓްވެއަރ ޑެވެލޮޕްމަންޓް ޔުނިޓް |
މުސާރައާއި އިނާޔަތްތައް |
|
މުސާރަ |
-/5610 ރުފިޔާ |
ސަރވިސް އެލަވަންސް |
2000/- ރުފިޔާ |
ސަޕޯޓިވްކޯ އެލަވަންސް |
-/700 ރުފިޔާ |
ސްޕެޝަލް ޑިއުޓީ އެލަވަންސް |
މުސާރައިގެ 35% |
އިތުރު އިނާޔަތްތައް |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. އޮފީހުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްސަކުރެވިގެން ތައްޔާރުކުރެވިފައިވާ ސޮފްޓްވެއަރތަކާއި ޑާޓާބޭސް ބޭނުންކުރުމުގައި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ޑާޓާ ކަރެކްޝަން ހެދުމާއި، ސަޕޯޓް ދިނުން އަދި އޮތޯރިޓީގެ ޑާޓާބޭހުގައި ރައްކާކުރެވޭ ޑާޓާތައް ބެކަޕް ކުރުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 2. އޮތޯރިޓީގެ މަސައްކަތްތައް މުޅިރާއްޖެއަށް ލާމަރުކަޒީ ކުރުމުގެގޮތުން އެހެނިހެން އިދާރާތައް ގުޅުވާލުމުގައި އޮތޯރިޓީގެ ފަރާތުން ކުރަންޖެހޭ ސިސްޓަމް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތް ކުރުމާއި، ލާމަރުކަޒީކުރުމުގައި ބޭނުންކުރުމަށް އެކްސެސް ދެވޭ ސޮފްޓްވެއަރތައް ބޭނުންކުރާނެގޮތުގެ ތަމްރީނު ދިނުން. 3 .އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅާ ޑޮކިއުމަންޓްތައް ހަވާލުކޮށްފައިވާ ތާވަލާއި އެއްގޮތަށް ކައުންސިލްތަކުން ހޯއްދެވުމަށްފަހު އެމަޢުލޫމާތު ފަސޭހައިން ފެންނަގޮތަށް ކަނޑައެޅިފައިވާ މުއްދަތަށް އާކައިވްކޮށް ބެލެހެއްޓުން. 4. އޮފީހުގެ މަސައްކަތްތަކަށް ޚާއްސަކުރެވިގެން ބޭނުންކުރާ ސޮފްޓްވެއަރތަކުން ޔޫސަރ ލެވެލްގައި ލިބެން ނުހުންނަ، އެކިއެކި ތަފާސް ހިސާބު (ސްޓެޓިސްޓިކްސް)، ސެކްޝަންތަކުގެ އެދުމުގެ މަތިން ތައްޔާރުކޮށް ސެކްޝަންތަނަށް ފޯރުކޮށްދިނުން. 5. ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) ބޭނުންކުރުމަށްޓަކައި މުވައްޒަފުންނަށް އެކައުންޓް ހެދުމާއި ޖެމްސް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ވަގުތުން ހައްލުކޮށްދިނުމާއި، ޙައްލުނުކުރެވޭފަދަ މައްސަލަތައް ވަގުތުން ކަމާގުޅޭ އޮފީހަށް ރިޕޯޓްކުރުމާއި، ޖެމްސް ބޭނުންކުރުމުގައި އޮފީހުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، އެން.ސީ.އައި.ޓީ އަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން. 6. އޮތޯރިޓީގެ ކޮމްޕިއުޓަރާއި، ކޮމްޕިއުޓަރާއި ގުޅުންހުރި ޕްރިންޓަރ، ސްކޭނަރފަދަ ތަކެތި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ރިޕޯޓްކުރުމުން އެމައްސަލަތައް ވަގުތުން ހައްލުކޮށްދިނުން ނުވަތަ ރިޕެއަރކުރަންޖެހޭ ހާލަތްތަކުގައި އެކަން ރިޕެއަރ އެންޑް މެއިންޓެނަންސާއި ހަވާލުވެ ހުންނަ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން. 7. އޮފީހުގެ މަސައްކަތްތަކަށް ތައްޔާރުކުރެވޭ ސޮފްޓްވެއަރގައި ހިމަނަންޖެހޭ މައުލޫމާތު ސެކްޝަންތަކުން ހޯދައި، ސޮފްޓްވެއަރ ރިކްއަރމެންޓް ސްޕެސިފިކޭޝަން އާއި އެއްގޮތައް މަސައްކަތްކުރޭތޯ މޮނިޓަރ ކުރުމާއި، ކޮމެންޓްސްތައް ކަނޑައެޅިފައިވާ ވަގުތަށް ތައްޔާރުކޮށް، އޮފީހުން ބޭނުންވާ ފެންވަރަށް މަސައްކަތް ކުރޭތޯ މޮނިޓަރ ކުރުން. |
މަޤާމުގެ ޝަރުތުތައް |
|
އަސާސީ ޝަރުތު
|
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. - ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން. |
އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) |
|
އިންޓަރވިއު ކުރުން:
ޝޯޓްލިސްޓް ކުރުން:
|
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01 ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 07 އޮކްޓޯބަރ 2019 އިން ފެށިގެން 20 އޮކްޓޯބަރ 2019 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮކްޓޯބަރ 2019 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިތުރު މަޢުލޫމާތު:
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.
- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343425 އަށް ގުޅުއްވުން އެދެމެވެ.
27 މުޙައްރަމް 1440
26 ސެޕްޓެމްބަރ 2019