ދެންނެވުން
ނަންބަރު: (IUL)320/320/2019/62
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:27
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން މެދުކަޑާލުމާއި ގުޅޭ

އޭދަފުށީ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމާއި ބެހޭގޮތުން ޢާއްމު ކުރެވިފައިވާ މިއިދާރާގެ ނަންބަރު: (IUL)320-PRM/320/2019/59  (24 ސެޕްޓެންބަރު 2019) އިޢުލާން ބާތިލު ކުރެއްވުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ފަރާތުން އެންގެވުމާއި ގުޅިގެން އެއިޢުލާން މިއަދު ބާތިލް ކޮށްފީމެވެ.

                މިގޮތުން ޙަވާލާދެވިފައިވާ އިޢުލާން ބާތިލް ކުރެވިފައިވާތީ، ގޯއްޗަށްއެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން، 26 ސެޕްޓެންބަރު 2019 ވަނަ ދުވަހުން ފެށިގެން މެދުކަޑާލެވިފައިވާކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. އަދި ދަންނަވަމެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތު ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ މަސައްކަތް ހަމަޖެހުނުހާ އަވަހަށް އާއްމު ކުރެވޭނެ ވާހަކަވެސް އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކާ ދެންނެވީމެވެ.

25 ސެޕްޓެންބަރު 2019