ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-I2(b)/IUL/2019/139
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1120
ސުންގަޑި: 30 ސެޕްޓެންބަރު 2019 1600
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގެ ބޭނުމަށް 30 އައުޓްޑޯ ފައިބަރ މެނޭޖަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

  1. މި ސަރވިސްއަށް ބޭނުންވާ 30 އައުޓްޑޯ ފައިބަރ މެނޭޖަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ 02 އީ-މެއިލް އެޑްރެހަށް މިމަސައްކަތަށް ޝައުޤުވެރިވެލައްވާކަން ފާހަގަކޮށް ބީލަންވެރިޔާގެ މައުލޫމާތު އަދި އިއުލާން ނަންބަރ ލިޔެ ފޮނުވާލުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބުމުންނެވެ.

  3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 2019 ސެޕްޓެންބަރު 30 ވަނަ ދުވަހު ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  4. މިޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން އޮންނާނީ މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެެ.

ތާރީޚް:  01 އޮކްޓޯބަރ 2019

ގަޑި:   10:45

 5. ބީލަން ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 08 ވަނަ ދުވަހުގެ 10:45 ގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައިި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. 

 7. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު ބީލަމުގައި ރަޖިސްޓްރީވުމަށް އެދި މެއިލް ފޮނުވުމުން ރަޖިސްޓްރީ ކުރުމަށްފަހު މެއިލް  ކުރެވޭނެ އެވެ. 

 8. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2019  އޮކްޓޯބަރ 01 ވަނަ ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ. 

 9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް

މޯލްޑިވްސް ޕޮލިސް ސަރވިސް

އަމީނީމަގު ، މާލެ، ދިވެހިރާއްޖެ

ފޯން: 9790052

އީ-މެއިލް: [email protected]

ކޮޕީ: [email protected]

26 ސެޕްޓެންބަރު 2019

2019-09-26