މަސައްކަތް
ނަންބަރު: 62/2019/(IUL)P2C
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 03 އޮކްޓޫބަރު 2019 13:30
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގއ.މެޖިސްޓްރޭޓު ކޯޓު ކުރިން ހިންގި އިމާރާތް މަރާމާތް ކުރުން

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ.

 

ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓު ހިންގުމަށް ކުއްޔަށް ހިފި ޢިމާރާތުގެ ކުރަން ހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 60/2019/(IUL)P2C އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:30 އަށް ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ގއ.ގެމަނަފުށީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 03 އޮކްޓޫބަރ 2019 ވާ ބްރާސްފަތި ދުވަހުގެ 13:30 އަށް މަޢުލޫމާތު ނެންގެވި ކޯޓަކަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.

26 ސެޕްޓެންބަރު 2019