ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-B/1/2014/22
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 10:12
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދިނުން

ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ކުރާ ބޮޑުކަންނެލީގެ މަސްވެރިކަން ސަރުކާރުން ތަޢާރަފުކުރީ މި ބާވަތުގެ މަސްވެރިކަމަށް ދިވެހިން އަހުލުވެރިކުރުވާ މި މަސްވެރިކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިންނަށް ލޭނުގެ މަސްވެރިކަން ކުރުމުގެ ހުނަރު ދަސްކޮށްދީ މި މަސްވެރިކަމުން ލިބޭ ނަފާ ދިވެހިންނަށް ލިބޭގޮތަށްކަމުގައި ވީނަމަވެސް، މި މަސްވެރިކަމުގައި ބޭރުގެ ފަރާތްތަކުގެ ޝާމިލުވުން ބޮޑުވެ، އަދި އެފަރާތްތަކަށް މިހާރު ގަވާއިދު އެކުލަވައިލާފައިވާ ގޮތުން މި މަސްވެރިކަމުގައި އުޅުމުގެ ފުރުޞަތު އޮންނަކަން މި މިނިސްޓްރީއަށް ފާހަގަކުރެވޭތީ، މިހާރު ޢަމަލުކުރެވެމުންދާ "ބޮޑުކަންނެލީގެ މަސްވެރިކަންކުރުމާއި ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓްކުރުމުގެ ގަވާއިދު" އިޞްލާޙުކުރުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާތީ، މި މަސްވެރިކަން ކުރުމަށް ލައިސަންސް ދިނުން ވަގުތީގޮތުން ހުއްޓާލައިފީމެވެ.

އަދި އިސްވެދެންނެވުނު ގަވާއިދަށް ގެންނަންޖެހޭ އިސްލާޙް ގެނައުމަށްފަހު ގެޒެޓުގައި ސާއިޢު ކުރުމުން، އަލުން ލައިސަންސް ދޫކުރަން ފެށުމުން އެކަން ޢާންމުކޮށް އިޢުލާން ކުރާނެކަމުގައި ދަންނަވަމެވެ.

26 ރަބީޢުލްއާޚިރު 1435

26 ފެބުރުވަރީ 2014