ވަޒީފާގެ ފުރުޞަތު
ނަންބަރު: GS116-IUL/2019/036
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 03 އޮކްޓޫބަރު 2019 14:00
ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރ: GS116-IUL/2019/036

ތާރީޚް: 25 ސެޕްޓެމްބަރ 2019

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

6 މަސް ދުވަސް

މަޤާމުގެ ނަންބަރ:

_

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން :

ހިދާޔާސްކޫލް / ނ.މިލަދޫ

ސެކްޝަން :

އެޑްމިން

މުސާރަ:

-/4465 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ ( މަހަކު )

ސަޕޯރޓިިންގ ކޯ އެލަވަންސް:

-/700 ރުފިޔާ ( މަހަކު )

ތަޢުލީމީ ރޮނގުތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން

އިތުރު އިނާޔަތްތައް

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

މަޤާމުގެ   ޝަރުތުތައް

  

  • 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުތަވަ 'ހަޔަރ ސެކެންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

  • 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ނުވަތަ

  • މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ     ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް

  1. ސްކޫލްގެ ކިޔަވައިދިނުމަށާއި ލިޔެކިއުމަށާއި އެހެނިހެން ކަންކަމަށް ދަތިނުވާނޭގޮތަށް ސްޓޮކަށް ބޭނުންވާ ތަކެތި ހޯދާ ގަވާއިދާއި އެއްގޮތަށް ސްޓޮކްބާކީ ބެލެހެއްޓުން.
  2. ރަސްމީ ދުވަސްތަކުގައާއި އެނޫން ދުވަސްތަކުގައި، އޮފީސް ހުޅުވަންޖެހޭ ގަޑިތަކަށް ޤަވާއިދުން އޮފީސް ހުޅުވައި، އަދި ބަންދުކުރަންޖެހޭ ގަޑިތަކުގައި ޤަވާއިދުން ފަރުވާތެރިކަމާއެކު ބަންދުކުރުން.
  3. މުވައްޒަފުންނަށް ދަންނަވަންޖެހޭ ދެންނެވުންތަކާ، ސްކޫލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުން ވެރިން އަންގަވާ ގޮތެއްގެމަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެކިއެކި ފަރާތްތަކުން އަންނަ ލިޔުންތައް އެންޓްރީކޮށް އިސްވެރިޔާ އަންގަވާ ގޮތެއްގެމަތިން ޖަވާބުދީ ރެކޯޑްސް ބެލެހެއްޓުން.
  4. ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ހަވާލުކުރުމުން ގަވާއިދުން އެމަސައްކަތް ކުރުން.
  5. ސްކޫލަށް ލިބޭ އެންމެހާ ލިޔެކިޔުން އެންޓްރީ ކުރުމަށްފަހު، އިސްވެރިޔާއަށް ދައްކައި، ޖަވާބުދޭންޖެހޭ ތަކެތީގެ ޖަވާބު ދިނުމަށްފަހު ފައިލްކުރުން.
  6. އިދާރާއިން ނެރެންޖެހޭ ހުރިހާ ނޯޓިސްތަކެއް ލިޔެ ނޯޓިސްބޯޑަށް ނެރުމާއި، މުއްދަތު ހަމަވާ ލިޔުންތައް ނޯޓިސްބޯޑުން ނަގައި ނޯޓިސްބޯޑު ބެލެހެއްޓުން.
  7. ސްކޫލްގެ އެންމެހާ މުދަލާއި ތަކެތި ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  8. ސްކޫލުން ރާވާ، ހިންގާ އެންމެހާ ޙަރަކާތްތައް ރޭވުމުގައި އެހީތެރިވުމާއި އިދާރާއިން ކުރަންޖެހޭ އެންމެހާ ކަންކަން ޤަވާއިދުން ކުރުން.
  9. ސުކޫލުން ބޭރަށް ފޮނުވަންޖެހޭ ކިޔަވައިދިނުމާއި އިތުރު ޙަރަކާތްކަތާއި، އަދި އިދާރީ ސިޓީ، މެސެޖް، ނޯޓް، އެންގުން، އިޢުލާން ފަދަތަކެތި އިސްވެރިޔާއާއި ހިސާބަށް އެތަކެތީގައި ސޮއިކުރުމަށް ފޮނުވުމުގެކުރިން ރަނގަޅަށް ޗެކްކޮށް، ޑެޕިއުޓީ ޕްރިންސިޕަލް ލައްވާ ޗެކްކުރުމަށްފަހު އިސްވެރިޔާއަށް ހުށަހެޅުން.
  10. އޯލެވެލް އިމްތިހާނާއި ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކޮށް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވާ ގެންނަންޖެހޭ ތަކެތި ސްކޫލަށް ގެނައުން.
  11. ކިޔަވައިދިނުމާއި ގުޅުން ހުރި އެންމެހާ ލިޔެކިޔުންތަކާއި، ޕްރިފެކްޓް ބޯޑު، އެހެނިހެން ކުލަބުތަކުގެ ނަތީޖާތައް  ފަސޭހައިން ފެންނާނެހެން  ރައްކާތެރިކަމާއެކު ފައިލުކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
    1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.  
    2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :

(ހ) ދައުލަތުގެ މުއައްސަސާއެއްގައި  ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

  1. ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، ފޯމާއި އެކު ހުށައަޅަންޖެހޭ ލިޔުންތަކާއި އެކު 3 އޮކްޓޯބަރ 2019 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 2:00  ގެ ކުރިން ހިދާޔާސުކޫލު އޮފީހަށް ހުށައެޅުއްވުން އެދެމެވެ.

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ސަރުކާރު ބަންދު ނޫން ދުވަސް ދުވަހު ރަސްމީ ގަޑީގައި ހިދާޔާ ސުކޫލު އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއިމުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2019 އޮކްޓޯބަރ 03 އާއި 06 އާއި ދެމެދުގެ ތާރީޚެއްގައި ހިދާޔާސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6560572 ފޯނާއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރެވޭނީ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއިއެވެ.

 

 

     25 ސެޕްޓެމްބަރ 2019

25 ސެޕްޓެންބަރު 2019