ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 425-C1/1/2019/ 78
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 07 އޮކްޓޫބަރު 2019 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީޑިއާ އޮފިސަރ (ކޮންޓްރެކްޓް)

 

އިޢުލާނު

މީޑިއާ އޮފިސަރ

މަޤާމް:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

1 އަހަރު

މުއްދަތު

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު  10000.00 ރުފިޔާ

މުސާރަ:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެންދުނު 8.00 ން 16.00 އަށް

 

މަސައްކަތު ގަޑި:

1 އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ސިޓީ ކައުންސިލުން ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓްތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

2 މާލޭ ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއަރ އެކައުންޓުތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ގްރެފިކްސް ކޮންޓެންޓު ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

3 ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ ސައިޓަށް ލުމާއި ކައުންސިލްގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް ޚަބަރު ފެތުރުމަށް އެހީތެރިވެދިނުން.

4 މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބާއްވާ ތަފާތު ހަފްލާތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ޚަބަރާއި، ރިޕޯޓް އަދި ނޫސް ބަޔާންތައް ތައްޔާރުކުރުން.

5 ޢާއްމު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ މަޖައްލާ އަދި ލީފްލެޓްފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ އެއްމެހާ މަސައްކަތްތައް ކުރުން.

6 މާލޭ ސިޓީ ކައުންސިލުންބާއްވާ ތަފާތު ބައްދަލުވުންތަކާއި ހަފްލާތަކުގެ ފޮޓު ނެގުމާއި އެފޮޓޯތައް ސޯޝަލްމީޑިގައި ހިއްސާކުރުމާއި، ފައިލްކޮށް ބެލެހެއްޓުން.

7 މާލޭ ސިޓީ ކައުންސިލް އިދާރާގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކާއި ގުޅިގެން ޢާއްމުން ކުރާ ޝަކުވާތަކާއި ގުޅިގެން އެކަންކަމަށް އެޓެންޑް ކުރުމާއި، އެކަންކަމާއި ގުޅިގެން ޚަބަރާއި ރިޕޯރޓް  ތައްޔާރުކުރުމުގެ  މަސައްކަތް ކުރުން.

8 މާލޭ ސިޓީ ކައުންސިލް އިދާރާގެ ތަފާތު ސެކްޝަން ތަކާއި އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަންނަ ސިޓީ މެމޯ ފަދަ ލިއެކިއުންތަކަށް ޖަވާބު ދިނުން.

9 މާލޭ ސިޓީ ކައުންސިލުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ޖީ.ސީ.އީ އޯ-ލެވަލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ

މީޑިއާ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް         
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  • ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު :
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން:
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ : %30
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން: %50

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 7 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މާލޭ ސިޓީ ކައުންސިލް އިދާރާގެ  މަށްޗަންގޮޅީ ބަޔަށެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ. އިންޓަރވިއު އާއި ޕްރެޒެންޓޭޝަން  އޮންނާނީ  8-20 އޮކްޓޯބަރ 2019 އާ ދެމެދު މާލޭ ސިޓީ ކައުންސިލް އިދާރާ (މަށްޗަންގޮޅީ ބައި) ގައެވެ. މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ޕްރެޒެންޓޭޝަން ތައްޔާރުކުރައްވާނީ ތިރީގައި މިދަންނަވާ ބައިތައް އެކުލެވޭ ގޮތަށް ދިވެހި ބަހުންނެވެ. މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކަށް އިންޓަރވިއުއަށް އޮންނަ ތާރީޚާއި ގަޑި މި އިދާރާއިން އަންގާނެއެވެ.

  • ޕާރސަނަލް ޕްރޮފައިލް
  • މިހާތަނަށް ހިންގާފައިވާ ޕްރޮޖެޓްކްތައް/މަސައްކަތްތައް
  • ދާއިރާ ބިނާކުރާނެ ގޮތުގެ ތަޞައްވުރު
  • މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ތަރައްޤީކުރާނެގޮތުގެ ތަޞައްވުރު

 

ޕްރެޒެންޓޭޝަން އާއި އިންޓަރވިއުކުރުން

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

         26 މުޙައްރަމް 1441

        

25 ސެޕްޓެންބަރު 2019