ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)431-LIS/1/2019/28
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:58
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ވެށިފަހި ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ދޫކުރެވިފައިވާ، ބަންޑާރަ ގޯތި އަމިއްލަކުރުމާއި ވިއްކާލާނަމަ ޓެކްސް ނެގުމަށް އަގު ކަނޑައެޅުން

އިޢުލާން

 

ވެށިފަހި ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ދޫކުރެވިފައިވާ، ބަންޑާރަ ގޯތި އަމިއްލަކުރުމާއި

ވިއްކާލާނަމަ ޓެކްސް ނެގުމަށް އަގު ކަނޑައެޅުން:

 

 ޤާނޫނު ނަންބަރު 2002/1 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" އިން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު R-67/2017 "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާއިބެހޭ ގަވާއިދު" ގައިވާ ގޮތުގެމަތިން ލޭންޑް ވެލުއޭޝަން ކޮމިޓީންވަނީ   ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ދޫކުރެވިފައިވާ، ބަންޑާރަ ގޯތި އަމިއްލަކުރުމާއި ވިއްކާލާނަމަ ޓެކްސް ނެގުމަށް އަގު ކަނޑައަޅާފައެވެ. މި ގޮތުން ގޯތި އަމިއްލަކުރުމަށް ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1380.00 (އެއްހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ) އަދި ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 8280.00 (އަށްހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ) އެވެ. 

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26  މުޙައްރަމް  1441

25 ސެޕްޓންބަރު 2019

 

25 ސެޕްޓެންބަރު 2019