ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 425-C1/1/2019/ 79
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 06 އޮކްޓޫބަރު 2019 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޝަތު

:މަޤާމް

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-310486

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް-4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / މާލެ / މައްޗަންގޮޅި އޮފީސް

މުސާރަ:

-/5020

ސަރވިސް އެލެވަންސް:

-/1500

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހުގެ ރަޖިސްޓްރީގައި ހުންނަ ހުސް މަޤާމްތަކަށް މީހުން ހޯދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  2. މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަރވިއު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ގަވާއިދުތަކާ އެއްގޮތައް ކުރުން
  3. ވަޒީފާ ދެއްވުމާއި، ބަދަލުކުރެއްވުމާއި، ވަކިކުރެއްވުމާއި ގުޅޭ މަސައްކަތްތައް ވިއުގަ މެދުވެރިކޮށް ކުރުން.
  4. އޮފީހުގެ މެންޑޭޓަށާއި، މަގާމުތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އޮނިގަނޑު ގަވާއިދުން އަޕްޑޭޓްކޮށް ވިއުގަ މެދުވެރިކޮށް އެޕްރޫވް ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.
  5. މުވައްޒަފުންގެ މުސާރައާއި، ކްރެޑިޓް ސްކީމްތަކުގެ މަޢުލޫމާތު އަދި ޕެންޝަންސްކީމްގެ އަޕްޑޭޓްތައް ބެލެހެއްޓުން.
  6. މުވައްޒަފުންގެ މުސާރައާއި، މަޤާމުތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް މުސާރަ ޝީޓާއި ސެޕް ސިސްޓަމް އަދާ ހަމަކޮށް ބެލެހެއްޓުން.
  7. މުސާރައާއި ބެހޭ އެންމެ ފަހުގެ ލިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  8. ވަޒީފާއާއި ގުޅޭ މަޢުލޫމާތު ހޯދުމަށް މުވައްޒަފުން ހުށަހަޅާ ފޯމްތަކުގެ ޖަވާބު ދިނުން.
  9. މުވައްޒަފުންނާގުޅޭ ރިކޯޑްސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  10. ތަމްރީންތަކަށް މުވައްޒަފުން ހޮވުމާއި ފޮނުވުމުގައި ތައްޔާރުކުރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި،ތަމްރީންދެވޭ މުވައްޒަފުންގެ އަޕްޑޭޓް ތައްޔާރުކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފާވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ހިއުމަން ރިސޯސް

ތައުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ހިއުމަންރިސޯސް މެނޭޖްމަންޓް
  4. ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓް www.malecity.gov.mv  އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މާފަންނު އޮފީހުންނާއި މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ    މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛      ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު    ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި       ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ   ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި   ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ   އަދާކޮށްފައިވާ  ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛   ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-301112

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް-3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ މާލެ / ލޭންޑް އެންޑް ވައިޓަލް ރެޖިސްޓްރޭޝަން / ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަން / ސިޓިޒެން ރެޖިސްޓްރޭޝަން ޔުނިޓް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިމާރާތް)

މުސާރަ:

-/4465

ސަރވިސް އެލެވަންސް:

-/1500

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މާލޭގެ ރަށްވެހީންގެ ރަޖިސްޓްރީ، ދަފްތަރު ރަޖިސްޓްރީ، މާލޭގެ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓް ހެދުމަށް ހުށަހަޅާ ފޯމުތަކާއި، ރަށްވެހިކަން ބަދަލު ކުރުމަށް ހުށަހަޅާ ފޯމުތައް ޓައިޕްކުރަން ދިނުމަށްޓަކައި ޗެކް ކުރުމުގެ މަސައްކަތްތައް ކުރުން.

2. މާލޭގެ ރަށްވެހީންގެ ރަޖިސްޓްރީ، ދަފްތަރު ރަޖިސްޓްރީ، މާލޭގެ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓްތައް ޓައިޕް ކުރުމަށްފަހު ރީ ޗެކްކޮށް، ވެރިއެއްގެ ސޮއި ކުރުވުމަށްފަހު އަސްލާއި ކޮޕީ ވަކިކޮށް ކައުންޓަރާއި ޙަވާލު ކުރުން.

3. މާލޭގެ ރަށްވެހީންގެ ރަޖިސްޓްރީ އާއި ރަށްވެހިވުމާއި ގުޅިގެން ލިބޭ ސިޓީތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.

4. ރަށްވެހިންގެ ރަޖިސްޓްރީއާބެހޭ ގޮތުން ހުށަހަޅާ ފޯމް، ސިޓީ ފަދަ ތަކެއްޗާއި، ރަށްވެހިވުމާބެހޭ މައްސަލައިގެ ޑިސްޕެޗް ސްލިޕްތައް، އެ މައްސަލަ އަކާއި އެޓޭޗް ކޮށް ފައިލް ކުރުން.

5. މާލޭ ސިޓީގެ ރަށްވެހިންގެ ރަޖިސްޓްރީ، ދަފްތަރު ރަޖިސްޓްރީ، މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓް އަދި ފްލެޓްތަކުގެ ރަޖިސްޓްރީއަށް އަންނަ އުނި އިތުރު މާސްޓަރ ލިސްޓަށް އެންޓަރ ކުރުން.

6. ވިލިމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ކަމުގެ ލިޔުން ހޯދުމަށް އެދޭ ފަރާތްތަކުގެ ފޯމުތައް ޗެކްކޮށް ޤަވާޢިދާ އެއްގޮތަށް ލިޔުން ތައްޔާރުކޮށް ލިސްޓް އަޕްޑޭޓްކުރުން.

7. މާލޭގައި ރަށްވެހިވުމާއި ގުޅިގެން އީ-ގަވަރންމެންޓުން ނާއި އޮފީސް މެއިލަށް ލިބޭ މެމޯ، ސިޓީ، މެސެޖް، މެއިލްތައް ނަގައި އެކަމާ ގުޅޭ މައްސަލައާ އެޓޭޗްކޮށް ވެރިއެއް ސޮއި ކުރެއްވުމުން އެ ސިޓީ / މެމޯ އަށް ދޭންވާ ޖަވާބުލިޔެ ފޮނުވާ އެތަކެތި ފައިލް ކުރުން.

8. އޮފީހުން ދޫކުރާ ޚިދުމަތަށް އެދޭ ފޯމަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް ވެބްސައިޓްގައިވާ ފޯމުތައް އަޕްޑޭޓް ކުރުމަށްޓަކައި އެ މަސައްކަތްކުރާ މުވައްޒަފުންނާ ވާހަކަދެއްކުމަށްފަހު ފޯމުތަކުގެ ސޮފްޓް ކޮޕީ ފޮނުވުން.  އަދި އިޞްލާޙު ކުރެވޭ ފޯމުތައް ކަސްޓަމަރުންނަށް ދޫކުރަން ފޯމްތައް ފޮޓޯ ކޮޕީ ނަގައި މުވައްޒަފުންނާ ޙަވާލު ކުރުން.

9. މާލޭގެ ރަށްވެހިންގެ ރަޖިސްޓަރީ އާއި ދަފްތަރު ރަޖިސްޓްރީ އަދި ރަށްވެހި ސެޓްފިކެޓާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް އަންނަ މީހުންނަށާއި، އެކަމާއި ބެހޭ ގޮތުން އަންނަ ފޯން ކޯލްތަކަށް މަޢުލޫމާތު ސާފުކޮށް ދިނުން.

10. ތަކެތި ބަލައި ނުވަތަ ހުށަހެޅުމަށް އަންނަ މީހުންނަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް ކައުންޓަރގައި ތިއްބަވާ މުއައްޒަފުންނަށް އެހީތެރިވުން.

11. ރަށްވެހީންގެ ރަޖިސްޓްރީ އާއި ދަފްތަރު ރަޖިސްޓްރީ އަދި ރަށްވެހި ސެޓްފިކެޓާ ދޫކުރުމަށް އެދި ފޮނުވާ ސިޓީތައް މައްސަލަ ނިމުމުން ފައިލްކޮށް ބެލެހެއްޓުން.

12. އޮފީސް ހުޅުވާ ލެއްޕުން.

13. އޮފީހުގެ ވެރިން އަންގަވާ އޮފީހުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދާ ޚިލާފު ނުވާނެހެން ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓް www.malecity.gov.mv  އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މާފަންނު އޮފީހުންނާއި މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ   މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛     ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު      ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ   ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް   ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ   ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި   ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ   މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް   އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮކްޓޯބަރ 2019 ގެ 13:00 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު  އޮންނާނީ، 08 އޮކްޓޯބަރ 2019  އާއި 13 އޮކްޓޯބަރ 2019 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އޮފީހުގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

25 ސެޕްޓެންބަރު 2019