ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)476/22/2019/1002
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 07 އޮކްޓޫބަރު 2019 12:30
ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

g

 

 

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ

 

އިޤްތިޞާދީ ފުއްދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން

                                                    

                                                            ނަމްބަރ: (IUL)476/22/2019/1002

 

 

މަޤާމް:          ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ J-304329

ބޭނުންވާ އަދަދު:      01

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:        އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:   ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:  ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން 

މުސާރަ:           6295/-

ސަރވިސް އެލެވަންސް:    2000/-

އެހެނިހެން އެލަވަންސް:  

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި -/900

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. އިންސްޓްޓިއުޓުން ބާއްވާ އެކިއެކި ވަރކްޝޮޕް ސެމިނަރތަކަށް ބޭނުންވާ މެޓީރިއަލްސް މާލިއްޔަތު ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ގަތުން.

2. އިންސްޓްޓިއުޓުން ބާއްވާ އެކިއެކި ވަރކްޝޮޕް ސެމިނަރތަކަށް ބޭނުންވާ ބެނަރ ފްލަޔަރ ލީފްލެޓް އަދި   މިނޫންވެސް މިފަދަ އެހެން ތަކެތި މާލިއްޔަތު ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ހެއްދުން.

3. އިންސްޓްޓިއުޓުން ޙަލާކުވާ އިލެކްޓްރޯނިކް ތަކެތި މަރާމާތުކުރަންފޮނުވާ ފޮނުވާތަކެތި އަނބުރާ ބަރާބަރަށް ގެނަސް ފޮނުވޭތަކެތީގެ ހިސާބު ބަރާބަރަށް ބެލެހެއްޓުން.

4. އިންސްޓްޓިއުޓުން ބާއްވާ އެކިއެކި ވަރކްޝޮޕް ސެމިނަރތަކަށް ބޭނުންވާ ކެއުމާއި ސައި މާލިއްޔަތު ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އެގްރިމެންޓްކޮށް ބަޔަކާ ޙަވާލު ކޮށްގެން އިންތިޒާމް ހަމަޖެއްސުން.

5. އެއްވެސް ސަބަބަކާއި ހުރެ ޕްރޮކިޔުމަންޓް މަސައްކަތްކުރަން ދެންހުންނަ މުވައްޒަފު އޮފީހަށް ޚާޟިރު ނުވެއްޖެނަމަ ކޮންމެހެން ނިންމަންޖެހޭ ކަންކަން ދުވަހުން ދުވަހަށް ނިންމުން.

6. ރަސްމީ އަދި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވާ ލެއްޕުން.

7. މި މަރުކަޒުން ބާއްވާ ވޯކްޝޮޕް ސެމިނަރ އަދި ބައްދަލުވުންތަކަށް ކުއްޔަށް ހޯދަންޖެހޭ ގޮނޑި، މޭޒުފަދަ ތަކެތި ގެނެސް އެތަކެތި ބަލަހައްޓާ އެތަކެތި އެފަރާތްތަކަށް ރައްދުކޮށް ދިނުމުގެ ކަންތައްތައް ބެލެހެއްޓުން އަދި މަރުކަޒުގެ ފަރާތުން ބާއްވާ އެކި އެކި ބައްދަލުވުންތަކުގައި އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އެހީތެރިވުން.

8. ޙަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

9. މި މަރުކަޒުން ބާއްވާ ވޯކްޝޮޕް ސެމިނަރ އަދި ބައްދަލުވުންތަކަށް ކުއްޔަށް ހޯދަންޖެހޭ ގޮނޑި، މޭޒް ފަދަ ތަކެތި ގެނެސް އެތަކެތި ބަލަހައްޓާ އެތަކެތި އެފަރާތްތަކަށް ރައްދުކޮށް ދިނުމުގެ ކަންތައްތަށް ބެލެހެއްޓުން. އަދި މަރުކަޒުގެ ފަރާތުން ބާއްވާ އެކި އެކި ބައްދަލުވުންތަކުގައި އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އެހީތެރިވުން.

10. އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހް ޤާއިމް ކުރުމަށް މަސައްކަތްކޮށް އިންސްޓިޓިއުޓަށް އެންމެ ފައިދާ ހުރި ގޮތަކަށް މަސައްކަތް ރާވައިގެން ކުރުން.

11. މި އިންސްޓިޓިއުޓްގެ އިމޭޖް ރަނގަޅުގޮތުގައި ހިފެހެއްޓުމަށާއި އިމޭޖް އިތުރަށް ރަގަޅުކުރުމަށް އެހީތެރިވެދީ އިންސްޓިޓިއުޓްގެ ސިއްރު ހިފެހެއްޓުން.

12. ދިވެހި ސިވިލް ސަރވިސްގެ ވެބްސައިޓް ބައްލަވައި ސަރކިޔުލަރތަކަށް އަމަލު ކުރުން.

 

 މަޤާމުގެ ޝަރުތުތައް:

1-  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

1-     އެޑްމިނިސްޓްރޭޝަން

ތައުލީމީ ރޮނގުތައް:

1-     ބިޒްނަސް އެޑްމިނިސްޓްރޭޝަން

2-     ބިޒްނަސް މެނޭޖްމަންޓް

3-     ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ(.
  2. މި ވަޒީފާއަށް ކުރިން ކުރެވުނު އިޢުލާނަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅި ފަރާތްތަކުން ހަމަ އެކަނި ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާލުމުން ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  07 އޮކްޓޫބަރ 2019 ވާ ހޯމަ ދުވަހު 12:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު

ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3023510 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

 

25 ސެޕްޓެންބަރު 2019