ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/376/376/2019/41
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 08 އޮކްޓޫބަރު 2019 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި އުޞޫލުން ފައިބަރު ދޯނި ބަނުމަށް ވަގުތީގޮތުން ހަރުގެވަޅު ދޫކުރުމާއި ގުޅޭ

އިޢުލާން 

ވިޔަފާރި އުޞޫލުން ފައިބަރު ދޯނި ބަނުމަށް ވަގުތީގޮތުން ހަރުގެވަޅު ދޫކުރުމާއި ގުޅޭ

                           މިރަށު ބަނދަރުގެ ދެކުނުފަރާތުން ވިޔަފާރި އުސޫލުން ފައިބަރު އޮޑިފަހަރު ބަނުމަށް އިތުރު 2 ހަރުގެވަޅު، އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ކުލީގެ ގޮތުގައި އެންމެ ދަށްވެގެން ހުށަހެޅޭނީ މަހަކު އަކަފޫޓަކަށް 0.75ރ (ހަތްދިހަފަސްލާރީގެ) ރޭޓުންނެވެ.

                          މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 8 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ހަރުގެވަޅު ކުއްޔަށް ހިފަން ބޭނުންވާ އަގު އަދި ބޮޑުމިން އެނގޭނޭ ގޮތަށް ސިޓީއަކުން މި އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިކަމާއި ގުޅިގެން މައުލޫމާތު ސާފްކޮށްދިނުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 12:00 އަށް މިއިދާރާގައި އޮންނާނެއެވެ. ހުށައަޅާ ސިޓީތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ހާޟިރުގައި މަތީގައި ދެންނެވިފައިވާ ތާރީހާއި ގަޑީގައެވެ.

                            ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ

25 ސެޕްޓެންބަރު 2019