ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ 03 ކޮޓަރީގެ ގެއެއް / އެޕާޓްމަންޓެއް، 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، ގެއެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
1 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހު 11:00 ގައި މަޑުއްވަރީ ސްކޫލްގައި |
އަންދާސީ ހިސާބު ހުށަހެޅުން |
7 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހު 11:00 ގައި މަޑުއްވަރީ ސްކޫލްގައި |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޑުއްވަރީ ސްކޫލް
ރ. މަޑުއްވަރި، ދިވެހިރާއްޖެ
ފޯން: 6580146
އީ-މެއިލް: [email protected]