ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 425-C1/1/2019/ 77
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 07 އޮކްޓޫބަރު 2019 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަންސް ކޯރޑިނޭޓަރ (ކޮންޓްރެކްޓް)

އިޢުލާނު

ޕަބްލިކް ރިލޭޝަންސް ކޯރޑިނޭޓަރ

މަޤާމް:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

1 އަހަރު

މުއްދަތު

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

    ރުފިޔާ15000.00   

މުސާރަ:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެންދުނު 8.00 ން 16.00 އަށް

މަސައްކަތު ގަޑި:

  1. އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ސިޓީ ކައުންސިލުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި، ސޯޝަލް މީޑިއަރ އެކައުންޓުތައް އޮޕަރޭޓްކުރުމަށްބޭނުންވާ ކޮންޓެންޓްތައް ތައްޔާރުކުރުން.
  2. މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ ވެބްސައިޓަށް އަޕްލޯޑް ކުރުމާއި، ކައުންސިލްގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް ޢާއްމުއްނަށް ޚަބަރު ފޯރުކޮށްދިނުން.
  3. މާލޭ ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުންތަކާއި ހަފްލާތަކުގެ މައުލޫމާތު ރޭޑިއޯ، ޓީވީ ސްޓޭޝަންތަކާއި އަދި އެހެނިހެން ސޯސަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުން.
  4. މާލޭ ސިޓީ ކައުންސިލުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް މައުލޫމާތު ހިއްޞާކުރުން.
  5. މާލޭ ސިޓީ ކައުންސިލުން ނެރޭ ނޫސްބަޔާންތަކާއި، މާލޭ ސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތާ ގުޅިގެން ސާއިރުކޮށް ނެރޭ ލިޔެކިޔުންތައް އާކައިވްކޮށް ބެލެހެއްޓުން.
  6. މާލޭ ސިޓީ ކައުންސިލުގެ އެކި ސެކްޝަންތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން ޖަވާބުދާރީ ވާންޖެހޭ ކަންކަމުގައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ކަމާބެހޭ ސެކްޝަންތަކުގެ ލަފާގެ މަތިން ތައްޔާރުކޮށް އާންމުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  7. މާލޭ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކާއި ގުޅިގެން ނެރެންޖެހޭ  އިންހައުސް މަޖައްލާ އަދި ލީފްލެޓްފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް މިކަންކަމާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ބެލެހެއްޓުން.
  8. މާލޭ ސިޓީ ކައުންސިލްގެ ޓުވިޓަރ، ފޭސްބުކް، ވެބްސައިޓް އަދިވެސް އެހެނިހެން ސޯސަލް މީޑިއާ އެކައުންޓްތައް ޖުމްލަކޮށް ބެލެހެއްޓުން.
  9. މުނިސިޕަލް މަސައްކަތްތަކާ ސިސާސަތުތަކާގުޅިގެން ފޯރުކޮށްދޭންޖެހޭ މައުލޫމާތުތަކާއި ހޭލުންތެރިކުރުމުގެ މަސައްކަތްކުރުން.
  10. މާލޭސިޓީ ކައުންސިލާއި ބޭރުގެފަރާތްތަކާއި ގުޅިގެން ހިންގާ ހަރަކާތްތަކާއި ކުރަންޖެހޭ މަސައްކަތްތައް އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ޕަބްލިކް ރިލޭޝަންސް، އިންޓަރނޭޝަނަލ/ފޮރިން ރިލޭޝަންސް، ޖާނަލިޒްމްސް، ކޮމިއުނިކޭޝަންސް، މާރކެޓިންގ ނުވަތަ މިނޫންވެސް ގުޅުންހުރި ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުން ހުރި ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް         
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ   ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް   ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް   މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ   ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  • ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު 
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން:
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ : %30
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން: %50

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 7 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މާލޭ ސިޓީ ކައުންސިލް އިދާރާގެ މަށްޗަންގޮޅީ ބަޔަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ. އިންޓަރވިއު އާއި ޕްރެޒެންޓޭޝަން  އޮންނާނީ  08-20 އޮކްޓޯބަރ 2019 އާ ދެމެދު މާލޭ ސިޓީ ކައުންސިލް އިދާރާ (މަށްޗަންގޮޅީ ބައި) ގައެވެ. މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ޕްރެޒެންޓޭޝަން ތައްޔާރުކުރައްވާނީ ތިރީގައި މިދަންނަވާ ބައިތައް އެކުލެވޭ ގޮތަށް ދިވެހި ބަހުންނެވެ. މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކަށް އިންޓަރވިއުއަށް އޮންނަ ތާރީޚާއި ގަޑި މި އިދާރާއިން އަންގާނެއެވެ.

  • ޕާރސަނަލް ޕްރޮފައިލް
  • މިހާތަނަށް ހިންގާފައިވާ ޕްރޮޖެޓްކްތައް/މަސައްކަތްތައް
  • ދާއިރާ ބިނާކުރާނެ ގޮތުގެ ތަޞައްވުރު
  • މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ތަރައްޤީކުރާނެގޮތުގެ ތަޞައްވުރު

 

ޕްރެޒެންޓޭޝަން އާއި އިންޓަރވިއުކުރުން

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                             26 މުޙައްރަމް 1441 

25 ސެޕްޓެންބަރު 2019