ދިވެހިރާއްޖެ
ނަންބަރު: (IUL)471-CDS5/1/2019/149)
އިޢުލާން
މިމިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓުން ކޮންސްޓްރަކްޝަން އެކްޓާއި ގުޅިގެން ކޮންސްޓްރަކްޝަން ލެޖިސްލޭޓިވް ސެކްޝަނުން ކުރަމުންދާ ބިލްޑިންގ ކޯޑް އަދި ކޮމްޕްލަޔަންސް ޑޮކިއުމަންޓްތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމަށް 06 މަސްދުވަހުގެ މުއްދަތައް ކޮންސަލްޓަންޓް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
މަޤާމު |
އަދަދު |
ޓެކްނިކަލް ކޮންސަލްޓަންޓް (އާރކިޓެކްޓް) |
1 |
ޓެކްނިކަލް ކޮންސަލްޓަންޓް (އިންޖިނިއަރ) |
1 |
ޓެކްނިކަލް ކޮންސަލްޓަންޓް (ބިލްޑިންގް ސަރވިސް އިންޖިނިއަރ) |
1 |
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 2019 އޮކްޓޫބަރު 03 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 4004819 / 4004702 / 3004305
އީ-މެއިލް: [email protected] ވެބްސައިޓް: www.planning.gov.mv
26 މުޙައްރަމް 1441
25 ސެޕްޓެންބަރު 2019