ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ، ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ
ނަންބަރު: TENDER/HMH/2019/15
މިހޮސްޕިޓަލްގެ އިއުލާން ނަމްބަރTENDER/HMH/2019/010 އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ވަޑައިގަތީ ދެފަރާތުން ކަމަށްވާތީ، އެ ޢިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ބެކް އޮފީހުގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި ކަރަންޓް، އޭސީ، އަދި އެހެނިހެން މެޑިކަލްނޫން އާލާތްތަކާއި ޚިދުމަތްތަކުގެ އެސެސްމަންޓްއެއްހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތުގައި އިސްކަންދެވޭނީ ސިއްހީދާއިރާގައި މިފަދަ މަސައްކަތައް ކުރުމުގެ ތަޖުރިބާ ހުރި ފަރާތަކަށެވެ.
މައުލޫމާތު ދިނުން: |
29 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލްވުމެއް ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރު ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
3 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. |
|
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.
|
އިތުރު މަޢްލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350111 / 3350147
އީ-މެއިލް: [email protected]
24 ސެޕްޓެމްބަރ 2019