ދިވެހިރާއްޖެ
ނަންބަރ:IUL)MMPRC-PRO/1/2019/69)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް 2 އަހަރުގެ މުއްދަތަށް އިންޓަރނެޓް ޙިދުމަތް ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް، ހ. ޒޮނޭރިޔާ، ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޮކްޓޯބަރ 03ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ވަޑާއިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
25 މުޙައްރަމް 1441ހ.
24 ސެޕްޓެމްބަރ 2019މ.