ދިވެހިރާއްޖެ
ނަންބަރ:GS-26/IUL/2019/57
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމް: ކޮމްޕިޔުޓަރ ޓެކްނީޝަން
މަޤާމް ނަންބަރ: J316290
ބޭނުންވާ ޢަދަދު: 01 (އެކެއް)
ގިންތި : ދާއިމީ
ރޭންކް: ޖީ. އެސް 04
ކްލެސިފިކޭޝަން : އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ވަޒީފާއަދާކުރަންޖެހޭ ތަން : ގދ. އަތޮޅު ތަޢުލީމީ މަރުކަޒު/ ގދ. ތިނަދޫ
ސެކްޝަން: އެޑްމިން
މުސާރަ : -/5020 ރުފިޔާ (މަހަކު)
ސަރވިސް އެލަވަންސް: -/1500 ރުފިޔާ (މަހަކު)
ސަޕޯރޓިންގ ކޯ އެލަވަންސް1: -/700ރުފިޔާ (މަހަކު )
އިތުރު ޢިނާޔަތްތައް: 1. ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް:
1- ކޮމްޕިޔުޓަރ ނެޓްވާރކް ރަގަޅަށް ބެލުމާއި ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުން
2- ކޮމްޕިޔުޓަރގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
3- ސްކޫލުގެ ސާވާއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
4- ސްކޫލްގެ ކޮމްޕިޔުޓަރ، ޕްރިންޓަރ އަދި ފޮޓޯ ކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ އެކިއެކި ރަސްމިޔާތަކުގެ ސައުންޑް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން
5- ސްކޫލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ބައްދަލުވުންތަކާއި އިތުރު ޙަރަކާތްތަކަށް ތައްޔާރުކުރަންޖެހޭ ސެޓްފިކެޓްތަކާއި ބެނާތައް ތައްޔާރުކުރުން.
6- ޓީޗަރުން އަދި ދަރިވަރުންގެ ޓެބްލެޓްތަކަށް ސޮފްޓްވެއަރ އަޅާ އަޕްގްރޭޑްކުރުން .
7- ސްކޫލް އެސެމްބްލީ އަދި ބާއްވާ އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގެ ސައުންޑް ބެލެހެއްޓުން.
މަޤާމުގެ ޝަރުތު: ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފަވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފަވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. މަޤާމުގެ ދާއިރާ : އިންފޮމޭޝަން ޓެކްނޮލޮޖީ ތަޢުލީމީ ރޮނގުތައް : ކޮމްޕިޔުޓަރ ސައިންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މިފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv އަދި މިސްކޫލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. 2- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ބައްލަވާފައިވާ ރާއްޖޭއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7. ސިވިލްސާވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ. އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ކުރިން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެތަނާއި މުއްދަތު : މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 06 އޮކްޓޯބަރ 2019 އިން ފެށިގެން 07 އޮކްޓޯބަރ 2019 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަވިއު އޮންނާނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު/ ގދ. ތިނަދޫގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ، އެތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އިންޓަވިއުއަށް ހާޒިރުވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ގެންނަންވާނެއެވެ. ޝޯޓްލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މިމަޤާމަށް މީހަކު ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %45 (ސާޅީސްފަސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު 6841026،6840018 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
25 މުޙައްރަމް 1441
24 ސެޕްޓެމްބަރ 2019