ތަމްރީނު
ނަންބަރު: (IUL)179-3.2/1/2019/31
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 29 ސެޕްޓެންބަރު 2019 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ވާރލްޑް އިންވެސްޓަރ ވީކް އަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި، އިންވެސްޓްކުރުމާގުޅޭ ކަންކަމަށް އިންވެސްޓަރުން ހޭލުންތެރިކޮށް އަހުލުވެރިކުމުގެ މަޤްޞަދުގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (IOSCO) އިން އިންތިޒާމްކޮށްގެން ބައިނަލް އަޤްވާމީ ފެންވަރެއްގައި ފާހަގަކުރާ ހަފުތާއެކެވެ. މި ހަފުތާގައި IOSCOގެ މެންބަރު ޤައުމުތަކުގައި ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިގޮތުން، މިއަހަރު  'ވާރލްޑް އިންވެސްޓަރ ވީކް 2019' ގައި މިއޮތޯރިޓީން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން 01 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހު ކެޕިޓަލް މާރކެޓް އާއި ގުޅޭ ފޯރަމްއެއް ހިންގުމަށް ހަމަޖެހިފައިވެއެވެ.

ފޯރަމްއާއި ގުޅޭ މަޢުލޫމާތު

ނަން: ވާރލްޑް އިންވެސްޓަރ ވީކް – އެވެއާނަސް ފޯރަމް

ދާއިރާ: މޯލްޑިވްސް ޕެންޝަން ރިޓަޔަރމަންޓް ސްކީމް، ސެކަންޑަރީ މާކެޓް، އިސްލާމިކް ފައިނޭންންސް އަދި ފައިނޭންޝަލް ޓެކްނޮލޮޖީ.

ކިޔަވައިދޭ ބަސް: ދިވެހި

ފޯރަމް އަމާޒުކުރެވިފައިވަނީ: ކޮލެޖް އަދި ޔުނިވާސިޓީގެ ދަރިވަރުން

ތާރީޚާއި ވަގުތު: 01 އޮކްޓޫބަރު 2019ގެ ހެނދުނު 08:15 ން 12:00 އަށް

ޖާގަ: 30 (ނަން ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެއެވެ.)

ފީ: ބައިވެރިވުން ހިލޭ

ވީމާ، މި ވާރކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ނަމާއި ފޯނު ނަމްބަރު، އީމެއިލް އެޑްރެސް އަދި އައިޑީކާޑުގެ ކޮޕީ 29 ސެޕްޓެންބަރު 2019 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

 

މި ވާރކްޝޮޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014125 ނުވަތަ 3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 

25 މުޙައްރަމް   1441

24 ސެޕްޓެންބަރު 2019

24 ސެޕްޓެންބަރު 2019