މަސައްކަތް
ނަންބަރު: (IUL)244-ESMSMS/244/2019/47
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 07 އޮކްޓޫބަރު 2019 14:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު ފުޓްސަލް ދަނޑު މަރާމާތު މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ނަމްބަރ: IUL)244-ESMSMS/244/2019/47

                                    އިޢުލާން                                   

    ހއ.ތުރާކުނު ފުޓްސަލް ދަނޑު މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުޤުވެރިކަން ހުރިފަރާތްތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން 14:00 މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

    މިމަސައްކަތާއި ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

   މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

   އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00  ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

   އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ. 

   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

   25 މުޙައްރަމް 1441

   24 ސެޕްޓެމްބަރ 2019

24 ސެޕްޓެންބަރު 2019