ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-ADM/388/2019/57
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:31
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އުކުން ހުއްޓުވުމާއި ގުޅޭ

                 މިހާރަކަށް އައިސް ޤަވާއިދާ ޙިލާފަށް ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އަޅަމުންދާކަން މިކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ.ވަކިން ހާއްސަކޮށް ކުނިވެ ފުޅައަޅާޒާތުގެ ތަކެތި މޫދަށް އުކާލުމުގެ ބަދަލުގައި މިރަށުގެ ކުނިގޮނޑަށް އަޅަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.މިކަމުގެ ސަބަބުން ރަށުގައި މެހި ގިނަވެ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުމަކީ އެކަށީގެންވާކަމެކެވެ.

                 ވީމާ،ކުނިއަޅަން ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން ހިސާބުތަކަށް ކުނިނޭޅުމަށާއި ކުނިވާޒާތުގެ ތަކެތި ކުނިގޮނޑަށް އެޅުމުގެ ބަދަލުގައި މޫދަށް އެޅުމަށް ދަންނަވަމެވެ.އަދި ޤަވާއިދާ ހިލާފަށް ކުނިއުކާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކާއި މެދު ޤާނޫނާއި ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ އެންމެހާ ބޭފުޅުންގެ ސަމާލުކަމަށްޓަކާ ދަންނަވަމެވެ.

                 އަދި މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފު ކުރުމަށް ބޭނުންފުޅުވާނަމަ މިކައުންސިލް އިދާރާގެ ނަމްބަރ 7980047 ގުޅުއްވާ މައުލޫމާތު ސާފުކުރުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

24 ސެޕްޓެންބަރު 2019