މަސައްކަތް
ނަންބަރު: (IUL)332-ADHR/332/2019/52
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 30 ސެޕްޓެންބަރު 2019 11:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު - ބަނދަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިއުލާން ނަމްބަރ: (IUL)332-ADHR/332/2019/52

ބީލަން ހުށަހެޅުމުގެ ދައުވަތު

  1. މިރަށުގެ ބަނދަރު ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 24 ސެޕްޓެމްބަރ 2019ން 29 ސެޕްޓެމްބަރ 2019އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30ން 13:00ށް މި އިދާރާއިންނެވެ.
  3. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 24 ސެޕްޓެމްބަރ 2019އިން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 ސެޕްޓެމްބަރ 2019ވާ އާދީއްދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2019ވާ ހޯމަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިން ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

23 ސެޕްޓެމްބަރ 2019

23 ސެޕްޓެންބަރު 2019