ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 182-MTG/2019/15
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 03 އޮކްޓޫބަރު 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބޭހާއި ބެހޭ ގަވާއިދާ ގުޅޭ

އިޢުލާން

 

             ބޭހާބެހޭ ޤަވާއިދު ނަންބަރު2016/R-46: ގައިވާ ގޮތުން ބޭސް އިމްޕޯރޓްކޮށް ވިއްކަންވާނީ އިމްޕޯރޓް ކުރާ ފަރާތާއި ބޭސް ބަހައްޓާ ގުދަނާއި އަދި ވިއްކާ ތަންތަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓްރީވެ ނަގަން ޖެހޭ ހުރިހާ ހުއްދަތައް ނަގައިގެންނެވެ.

            

             ނަމަވެސް، މިހާރަކަށް އައިސް ރަޖިސްޓްރީ ނުކޮށް ދިވެހިބޭހާއި އޯލްޓަރނޭޓިވް ބޭސް ރީޓެއިލް ކޮށް އަދި ހޯލްސޭލް ކޮށް ވިއްކަމުންދާ ކަން ވަނީ މިއޮތޯރިޓީ އަށް ފާހަގަ ކުރެވިފައެވެ.

 

            އެހެންކަމުން މި ތަންތަން މި އޮތޯރިޓީގެ އުސޫލާއި އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. މި ފަދަ ތަންތަން ރަޖިސްޓްރީ ނުކޮށް ބޭސް ރީޓެއިލް ކޮށް އަދި ހޯލްސޭލްކޮށް ވިއްކުމަކީ މަނާކަމެކެވެ.

  

            އިތުރުމައުލޫމާތު މިއޮތޯރިޓީގެ ނަމްބަރ: 3014322 އިން ލިބިވަޑައިގަންނަވާނެއެވެ.  

24 ސެޕްޓެންބަރު 2019