މަސައްކަތް
ނަންބަރު: C1C-A/IUL/2019/4
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 08 އޮކްޓޫބަރު 2019 13:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ދެންގާނެ ފަރާތެއް ހޯދުމާގުޅޭ

މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންކުރެވުނު ނަންބަރު:              C1C-A/IUL/2019/03 (19 މާރިޗު 2019) އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާތިލްކޮށް އަގު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

              ވީމާ މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 29 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

              އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 08 އޮކްޓޯބަރ 2019

              އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

              އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓް

                               24 މުޙައްރަމް 1441

                               23 ސެޕްޓެންބަރ 2019

23 ސެޕްޓެންބަރު 2019