ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-CAA/416/2019/93
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 29 ސެޕްޓެންބަރު 2019 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކުރުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން  ސަރުކާރުން އަތޮޅުތަކަށް އަމާޒް ކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ (ހައުސިންގ ޔުނިޓް) އިމާރާތް ކުރުމަށް އެދޭ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލުމުގެ ގޮތުން 23 ސެޕްޓެންބަރު 2019 އިން 29 ސެޕްޓެންބަރު 2019 ގެ ނިޔަލަށް މުއްދަތު އިތުރުކޮށް ހުޅުވާލަމެވެ.

އަމިއްލަ ގޯތީގައި ގެ (ހައުސިންގ ޔުނިޓް) އިމާރާތް ކުރުމަށް އެދޭ ފަރާތްތަކުން، ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިދާރާއިން ފޯމް ދޫކުރަން ފަށާ ތާރީޚުން ފެށިގެން މިއިދާރާގެ ވެބްސައިޓް www.madaveli.gov.mv އިން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިމަޝްރޫޢާއި ގުޅިގެން ހައުސިންގ މިނިސްޓްރީއިން އެކުލަވާލާފައިވާ އުޞޫލު މިޢުލާނާއި އެކު މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެއެވެ.

 އަދި ދަންނަވަމެވެ. މިކަމަށް އެދި ފުރުޞަތު ހުޅުވާލި ފުރަތަމަ ބުރުގައި ސިޓީ ހުށަހަޅާފައިވާ ފަރާތްތައްވެސް އަލުން ފޯމް ހުށަހަޅަންޖެހޭނެ ވާހަކަ އެފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 އިން 13:00 އަށެވެ.

ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް އެދި ފޯމް ހުށަހަޅުއްވާއިރު ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމްތަކާއި، މަޢުލޫމާތު ފުރިހަމަ ނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ  ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ސެޕްޓެންބަރު 2019