ދިވެހިރާއްޖެ
މި ސްކޫލަށް ފޮޓޯކޮޕީ މެޝިނެއް ގަތުމަށް ކުރި 2 ވަނަ އިޢުލާނު IUL)GZS/0219/43) އަށް ހުށަހެޅި އަންދާސީ ހިސާބުތަކުގައި ބޭނުންވާ މުޙިއްމު މަޢުލޫމާތުތަކެއް މަދުވުމާއި ގުޅިގެން، އެ އިޢުލާނު ބާތިލުކޮށް، މި ސްކޫލަށް ފޮޓޯކޮޕީ މެޝިނެއް ވިއްކަވާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރެއްވުމަށްފަހު މި ސްކޫލަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ހީރަސްކުރެވިފައި ވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޣާޒީ ސްކޫލް، ހުޅުމާލެ
- ފޯން: 3350733، 3350744
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
# |
ތަފުސީލު |
ތާރީޚު |
ގަޑި |
1 |
ރަޖިސްޓަރީކުރުން |
24 ސެޕްޓެމްބަރު 2019 އިން 26 ސެޕްޓެމްބަރު 2019 |
ހެނދުނު 08:00 ން މެންދުރުފަހު 02:00 އަށް |
|
މަޢުލޫމާތު ސާފުކުރުން |
29 ސެޕްޓެމްބަރު 2019 (އާދީއްތަ) |
މެންދުރުކުރި 11:00 |
2 |
އަންދާސީހިސާބު ހުށަހެޅުން |
02 އޮކްޓޯބަރު 2019 (ބުދަ) |
މެންދުރުކުރި 11:00 |
23 ސެޕްޓެމްބަރު 2019