ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރ : 42/2019/393/393/(IUL) ( 27 އޯގަސްޓް 2019 ) އިޢުލާނާ ގުޅިގެން ބިންކޮނެދޭން އަގު ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ އަގަކަށްވުގެ ބޮޑު އަގެއް ކަމަށް މި އިދާރާއަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އިޢުލާން ކުރީމެވެ.
ރަށުގެ މަގުބައްތީގެ ކޭބަލް ވިޔުގަ ރަގަޅު ކުރުމަށްޓަކައި އަލަށް ކޭބަލް އަޅެޅުމަށް '2 ފުންމިނުގައި ބިންކޮނެ މިއިދާރާއިން ކޭބަލް ދިނުމުން ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މަޢުލޫމާތު ސާފުކޮށްދިނުން:29 ސެޕްޓެމްބަރ ވާ އާދީއްތަ ދުވަހުގެ11:00ގައި މި އިދާރާގައެވެ.
- · އަންދާސީ ހިސާބު ހުށަހެޅުން: 06 އޮކްޓޫބަރ 2019 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 ގައި މި އިދާރާގައި.
މިމަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި '' ބިން ކޮނެދިނުމުގެ އަގު ހުށަހެޅުން '' މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. އަދި އަންދާސީ އަގު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި ނަމާއި އެޑްރެހާއި ފޯނުނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮތް ތާރީޙާއި ގަޑީގައި އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
23 މުޙައްރަމް 1441
22 ސެޕްޓެމްބަރ 2019