ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 ސެޕްޓެންބަރު 2019 13:59 ގައި ބާތިލް ކުރެވިފައެވެ.
ތަޢާރަފު
ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ.މާފުށީގައި އިންސިނަރޭޓަރެއް ބެހެއްޓުމުގެ ކުރިން، ތައްޔާރުކުމަށް ހަމަޖެހިފައިވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭގޮތުން ކުރެވޭ އިޢުލާނެކެވެ.
ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކާއި ހުށަހަޅަންވީ ތަކެތީގެ ތަފްސީލު
ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ކ މާފުށި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކުރުމުގެ މަސައްކަތު ކުރެވޭއިރު އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރާއިރު ބަލަންޖެހޭނެ ކަންތައްތަކާއި، ޓަރމްސް އޮފް ރެފަރެންސް މި އިއުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.
މަޢުލޫމާތު ސާފުކުރުން
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2019 އިން 26 ސެޕްޓެމްބަރ 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަދި [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
ބިޑު ހުޅުވުން
ބިޑް ހުޅުވުން ހަމަޖެހިފައިވަނީ 2019 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 13.30 ގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން،”ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ކ މާފުށި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސްޓޯލްކޮށްދިނުމުގެ މަސައްކަތް ކުރެވޭއިރު އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރުމާއި ބެހޭ އިޢުލާނު ނަންބަރު: (IUL)438-WMPC/438/2019/265 " އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، ބީލަން ފޮތުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
ވެބްސައިޓް: www.environment.gov.mv