ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 198-F/2019/101
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 06 އޮކްޓޫބަރު 2019 13:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޤައުމީ ދިދައާއި، ޖުޑިޝަރީ ދިދަ ފަހައި ދިނުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމާބެހޭ

ޤައުމީ ދިދައާއި، ޖުޑިޝަރީ ދިދަ ފަހައި ދިނުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމާބެހޭ

ޑިޕާޓްމަންޓްގެ ބޭނުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި، ޖުޑިޝަރީ ދިދަ ފަހައި ދިނުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމާއިބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޮކްޓޯބަރ 01 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޮކްޓޯބަރ 06 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24  މުޙައްރަމް  1440

23 ސެޕްޓެންބަރު 2019