ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-I2(b)/IUL/2019/131
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 24 ސެޕްޓެންބަރު 2019 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގެ ބޭނުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް 3CX ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

ޕްރޮޖެކްޓް ނަމްބަރ: PC-171/2019/W-L098

  1. މި ސަރވިސްގައި ބޭނުންކުރާ IP PABX ފޯނު ސިސްޓަމްގައި ބޭނުންކުރާ 3CX ލައިސަން 01 އަހަރު ދުވަހުގެ މުއްދަތަށް އައު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިއަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި : [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.

  3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 24 ސެޕްޓެމްބަރ 2019 ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  4. ޕްރީބިޑް އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ވަގުތާއި ތާރީހުގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ.

ތާރީޚް:  _

ގަޑި:   _

  5. ބީލަން ހުޅުވުން އޮންނާނީ 29 ސެޕްޓެމްބަރ 2019 ވާ އާދީއްތަ  ދުވަހުގެ 11:30 ގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  7. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާލެއް ވާނަމަ 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ.

  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް

މޯލްޑިވްސް ޕޮލިސް ސަރވިސް

އަމީނީމަގު ، މާލެ، ދިވެހިރާއްޖެ

ފޯން: 9790052

އީ-މެއިލް: [email protected]

ކޮޕީ: [email protected]

 22 ސެޕްޓެމްބަރ 2019

 

 

މައުލޫމާތު ކަރުދާސް 01

ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭ އިރުޝާދު

 

އިރުޝާދު ނަމްބަރު

ތަފްސީލް

1.0

ބީލަމުގެ މަޢުލޫމާތު

1.1

ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ  މުއްދަތުގެ ތެރޭގައި ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ.

އީމެއިލް: [email protected] 

ކޮޕީ: [email protected]

1.2

ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ވަގުތު ތިރީގައި އެވަނީއެވެ.

ތާރީޚް:  24 ސެޕްޓެމްބަރ 2019

ގަޑި:  16:00

1.3

މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ ތިރީގައި އެވާ ތާރީޚުގައި އިޢުލާނުގައި ދެވިފައިވާ އެޑްރެހުގައެވެ.

ތާރީޚް:  މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ނުބޭއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަން.

1.4

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގައި އިޢުލާނުގައި ދެވިފައިވާ އެޑްރެހުގައެވެ.

ތާރީޚް:  29 ސެޕްޓެމްބަރ 2019

ގަޑި:   11:30

2.0

ބީލަން ހުށަހެޅުން

2.1

އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން އެގެން އޮންނަންވާނެއެވެ. މިއާއި ހިލާފަށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

2.2

މިބީލަމުގައި ރަޖިސްޓްރީވުމަށް ފޮނުވާފައިވާ " Bid Registration Form " އަދި ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް އަންދާސީހިސާބާއިއެކު ހުށަހަޅަންވާނެއެވެ.

2.3

ޖީ.އެސް.ޓީ ނެގޭ މުދަލެއް ނުވަތަ ހިދުމަތެއް ނަމަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެން ދިވެހި ރުފިޔާއިންނެވެ. ހުށަހަޅާ އަންދާސީ ހިސާބުގައި އަގުތައް ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅުމަށް ދެވިފައިވާ ހުރިހާ ބައިތަކަށް އަގު ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅާ އަންދާސީ ހިސާބުގެ ވެލިޑިޓީއަކީ އަންދާސީ ހިސާބު ހުށަހަޅާ ތާރީހުން ފެށިގެން 60 ދުވަހުގެ މުއްދަތެކެވެ.

2.4

އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހެޅޭ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބުތައް ބަންދުކޮށްފައިވާ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އަންދާސީހިސާބު ހުށަހަޅާ ހުރިހާ ފަރާތްތަކެއްގެ ހާޞިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު، އަގަށް ބަދަލެއް ނުގެނެވޭނެއެވެ.

ބީލަން ހުޅުވަން ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ހުޅުވަން ކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

2.5

އަންދާސީހިސާބު ހުށަހަޅާ ފަރާތުން ކަނޑައެޅިފައިވާ ގަޑިއަށް ހާޞިރުވާން ވާނެއެވެ. އަދި މިގޮތުން ހުށަހަޅާ އަންދާސީހިސާބާއި ބެހޭ ގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މަޢުލޫމާތެއް ދެވޭވަރުގެ މީހަކު ހާޞިރުވާން ވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ޚިލާފު އުފެދޭ ނުވަތަ އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވެއްޖެނަމަ އެކަމެއް ސާފުކުރަންޖެހޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހާޞިރުވާ ކޮންމެ ފަރާތަކުން ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

2.6

އީމެއިލް އާއި ފެކްސްގެ ޒަރީއާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

2.7

ބީލަމުގައި ބައިވެރިވާން ނަންނޯޓު ކުރާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ހާޞިރު ނުވެވޭ ފަރާތްތަކަށް ވެސް ބީލަން ހުށަހެޅިދާނެއެވެ. ނަމަވެސް އެބައްދަލުވުމުގައި ދެވޭ މަޢުލޫމާތެއް ނުވަތަ އިރުޝާދެއް ބީލަން ހުށަހެޅުމުގެ ވަގުތު ހަމަވުމުގެ ކުރިން ހޯދާ ބީލަން ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަކީ ބީލަންވެރިޔާގެ ޒިންމާއެކެވެ.

2.8

ޕްރޮޖެކްޓާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެމެންޑްމެންޓެއް ދެވޭނަމަ އެއެމެންޑްމެންޓެއް މިސަރވިސްގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވޭނެއެވެ. ވެބްސައިޓްގައި އަޕްލޯޑް ނުކުރެވޭ ޙާލަތެއް މެދުވެރި ވެއްޖެނަމަ އެމެންޑްމެންޓް އީމެއިލް ކުރެވޭނެއެވެ. އަދި އީމެއިލް ނުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ނަންނޯޓު ކުރެވުނުއިރު ދެވިފައިވާ ނަންބަރަށް ގުޅައި އެމެންޑްމެންޓް ދޫކުރުމުގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.

2.9

ޕްރޮޖެކްޓުގައި ނަންނޯޓު ކުރާއިރު ދީފައިވާ މޮބައިލް ނަންބަރަކީ ބީލަން ވެރިޔާގެ ނުވަތަ ބީލަމުގެ ކަންކަން ބަލައްޓާ ފަރާތުގެ ނަންބަރު ކަމުގައި ވާންވާނެއެވެ.

2.10

މި ބީލަމަށް އަގު ހުށަހަޅަންވާނީ މިސަރވިސްގެ ފަރާތުން ފޯރުކޮށްދޭ އަގު ހުށަހަޅާ ފޯމުގައެވެ. އަދި އަގު ހުށަހަޅާ ފޯމް ފޯރުކޮށްނުދޭ ހާލަތްތަކުގައި ތިރީގައިވާ ކަންތައްތައް ފުރިހަމަކުރެވިފައިވާ ކޯޓޭޝަނެއް ހުށަހަޅަންވާނެވެ.

    (ހ) ކޯޓޭޝަން ނަމްބަރާއި ތާރީހް

    (ށ) ޕްރޮޖެކްޓް ނަމްބަރު

    (ނ) ތަކެތި/މަސައްކަތުގެ އަދަދު، ތަފްސީލު އަދި ރޭޓް

    (ރ) ޖީއެސްޓީ

    (ބ) ޖުމުލަ (ޖީއެސްޓީ އާއިއެކު)

    (ޅ) ޑެލިވަރީ މުއްދަތު

    (ކ) އަންދާސީ ހިސާބު ހުށަހަޅާ ފަރާތް/ކުންފުނީގެ ނަން، އެޑްރެސް އަދި ފޯނު ނަމްބަރު

    (އ) ކުންފުނީގެ ސްޓޭމްޕް

    (ވ) ބީލަންވެރިޔާގެ ސޮއި ( ބީލަންވެރިޔާގެ ސޮއި ނެތްނަމަ ބީލަން ބާތިލްވާނެވެ )

2.11

ޚިދުމަތެއް ދިނުމަށް އެވޯރޑް ކުރުމަށްފަހު ސޮއި ނުކޮށްފިނަމަ ނުވަތަ އެއްވެސް ހިސާބަކުން ޚިދުމަތް ނުކުރެވޭނެކަމަށް ބުނެ ދޫކޮށްލައިފިނަމަ، 1 ( އެކެއް ) އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް އެފަރާތަކުން ހުށަހަޅާ މިފަދަ އެއްވެސް  ޚިދުމަތެއް ނުހޯދުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

2.12

އަންދާސީހިސާބުތައް ހޯދި ޚިދުމަތެއް ހޯދުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭނުން ނުވެއްޖެ ހިނދެއްގައި އެކަމަށްހުށަހެޅި އަންދާސީ ހިސާބުތައް ބާތިލް ކުރުމުގެ ހައްޤު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. މިގޮތުން އަންދާސީހިސާބުތައް ބާތިލް ކުރެވިއްޖެނަމަ ހުށަހަޅާފައިވާ ފަރާތްތަކުގެ އަންދާސީހިސާބު ބާތިލް ކުރެވިފައިވާކަން އެންގޭނެއެވެ.

2.13

އަންދާސީހިސާބު ހުށަހަޅާ ފަރާތާއި / ކުންފުންޏާއި މެދު ރާއްޖޭގެ އެއްވެސް ޝަރުޢީ ކޯޓެއްގައި ހިގަމުންދާ މައްސަލައެއް ނުވަތަ ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މައްސަލައެއް ކުރިއަށް ގެންދެވި ސާބިތު ވެފައިވާ ނަމަ އެފަދަ ފަރާތްތަކަށް ބިޑް އެވާރޑް ނުކުރުމުގެ އިޙްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެން ވެއެވެ.

3.0

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ތަކެތި

3.1

(ހ) 2.2 ގައިވާގޮތަށް ބިޑްރަޖިސްޓްރޭޝަން ފޯރމް

(ށ) އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީ

(ނ) 2.10ގައި ބަޔާންކޮށްފައިވާ އަގު ހުށަހަޅާ ފޯމް/ކޯޓޭޝަން

(ރ) ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް

(ބ) ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައިވާ އެކައުންޓެއްގެ "ބޭންކް ރިފަރެންސް ލެޓަރ" (ފާއިތުވި 03 މަހުގެ އެވްރެޖް 03 މަސް ވަކިވަކިން އިނގޭނެހެން) ނުވަތަ ފާއިތުވެދިޔަ 02 އަހަރުގެ ތެރޭގައި އޮޑިޓްކުރެވިފައިވާ އޮޑިޓަޑް ފައިނޭންޝިއަލް ސްޓޭޓްމަންޓްގެ ކޮޕީ ( އެކްސްޓާނަލް އޮޑިޓަރުގެ ސޮއި އަދި ސްޓޭމްޕް ކުރެވިފައިވާ )

 (ޅ) ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

(ކ) ޖީ އެސް.ޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއްނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

(އ) އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަ

(ވ) އަމިއްލަ ފަރާތަކުންނަމަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައި.ޑީ ކާރޑް ކޮޕީ

(މ) މީގެ ކުރިން ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދެއްވާފައިވާ މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން އަންގައިދޭ އެހެނިހެން ލިޔުންތައް ( ލިއުން ދޫކުރާފަރާތުގެ ލެޓާރހެޑްގައި ސޮއި އަދި ސްޓޭމްޕް ކުރެވިފައި )

(ފ) އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތައް އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާގައި ހުށަހެޅުމަށް އެދިފައިވާ އިތުރު ލިޔެކިޔުންތައް

4.0

އަންދާސީ ހިސާބާއި އެކީގައި ހުށަހަޅާ ލިޔެކިޔުންތައް

4.1

އަންދާސީ ހިސާބާއިއެކީގައި ބޭންކް ރިފަރެންސް ލެޓަރ (އެންމެ ފަހު 03 މަހުގެ ބެލެންސް އެނގޭނެހެން) ނުވަތަ ފާއިތުވެދިޔަ 02 އަހަރުގެ ތެރޭގައި އޮޑިޓްކުރެވިފައިވާ އޮޑިޓަޑް ފައިނޭންޝިއަލް ސްޓޭޓްމަންޓްގެ ކޮޕީ (އެކްސްޓާނަލް އޮޑިޓަރުގެ ސޮއި އަދި ސްޓޭމްޕް ކުރެވިފައިވާ) ހުށަހަޅަންވާނެއެވެ. ބޭންކް ރިފަރެންސް ލެޓަރ ހުށަހަޅާއިރު ތިރީގައިވާ ޝަރުތުތައް ހަމަވާންވާނެއެވެ. މިމައުލޫމާތު ހުށަނާޅާނަމަ އެފަރާތެއް އިވެލުއޭޝަނުން ޑިސްކޮލިފައި ކުރެވިދާނެއެވެ.

  • ބޭންކް ރިފަރެންސް ލެޓަރގައިވާ އެކައުންޓްގެ ވެރިފަރާތަކީ ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްކަމުގައި ވާންޖެހޭނެއެވެ.
  • ކުންފުންޏަކުން ހިންގާ ހޮޓާ/ރެސްޓޯރަންޓް/ކައްކާ ކާންދިނުމުގެ ޚިދްމަތް ފޯރުކޮށްދޭ ފަރާތެއް/އެފަދަ ވިޔަފާރިއެއްގެ ނަމުގައި ބިޑް ހުށަހަޅާނަމަ ކުންފުނީގެ ނަމުގައިވާ އެކައުންޓުގެ ބޭންކް ރިފަރެންސް ލެޓަރ ބަލައިގަނެވޭނެއެވެ. އަދި އެ ހޮޓާ/ރެސްޓޯރަންޓް/ކައްކާ ކާންދިނުމުގެ ޚިދްމަތް ފޯރުކޮށްދޭ ފަރާތެއް/އެފަދަ ވިޔަފާރިއެއްގެ ނަމުގައި އެކައުންޓެއް ވާނަމަ އެއެކައުންޓެއްގެ ބޭންކް ރިފަރެންސް ލެޓަރ ވެސް ބަލައިގަނެވޭނެއެވެ.
  • އަމިއްލަ ފަރާތަކުން ބީލަން ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެފަރާތެއްގެ އަމިއްލަ އެކައުންޓްގެ ބޭންކް ރެފަރެންސް ލެޓަރއެވެ.

4.2

މިސަރވިސްގެ ފަރާތުން ކުރާ އިޢުލާން ތަކުގެ ތެރެއިން ކައްކައި ކާންދިނުމަށްޓަކައި ހުށަހެޅޭ އަންދާސީ ހިސާބުތަކާއިއެކާއިއެކު މާލީތަނަވަސްކަން ހާމަކޮށްދިނުމަށްޓަކައި ކްރެޑިޓް ރިފަރަންސް ސިޓީ ހުށަހެޅިދާނެއެވެ. އެސިޓީގައި ތިރީގައިވާ ޝަރުތުތައް ހަމަވާންޖެހޭނެއެވެ.

  • ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްގެ ނުވަތަ ހިންގަމުންދާ ކުންފުންޏަކުން ނުވަތަ ބޭންކަކުން ދޫކޮށްފައިވާ ލިއުމެއްކަމުގައި ވާންވާނެއެވެ.
  •  ހުށަހެޅޭ ކްރެޑިޓް ރެފަރެންސް އަކީ ޚާއްސަކޮށް މިޕްރޮޖެކްޓަށް ދޫކުރެވިފައިވާ ސިޓީއެއްކަމުގައި ވާންވާނެއެވެ.
  • މިރެފަރަންސް ސިޓީގައި ޕްރޮޖެކްޓްގެ ނަން، ފައިސާގެ/ ކްރެޑިޓްގެ ޢަދަދު، ސިޓީ ދޫކުރެވުނު ތާރީޚް، ކްރެޑިޓްގެ މުއްދަތު ހަމަވާނެ ތާރީޚް އަދި ރެފަރަންސް ދޫކުރާ ފަރާތުގެ ނަމާއި ސޮއި އަދި ސްޓޭމްޕް ސާފުކޮށް އެނގެން އޮންނަންވާނެއެވެ.
  • މިރެފަރަންސް ވާންވާނީ ރެފަރަންސް ދޫކުރިފަރާތުން ދޫކޮށްފައިވާ އޮރިޖިނަލް ރެފަރަންސްއަކަށެވެ. މިފަދަ ރެފަރަންސްތަކުގެ ކޮޕީ ބަލައެއް ނުގަނެވޭނެއެވެ.
  • އަމިއްލަ ފަރުދުން ދޫކޮށްފައިވާ ކްރެޑިޓް ރިފަރެންސް ބަލައެއްނުގަނެވޭނެއެވެ.

4.3

ބިޑްހުށަހަޅާ ފަރާތުން ސަރުކާރުގެ މިފަދަ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވާނަމަ އެފަރާތެއްގެ މަސައްކަތުގެ ފެންފަރު އަންގައިދޭ ލިޔުމެއް ޕްރޮޖެކްޓް ޙަވާލުކުރި ފަރާތުން ހޯދުމަށްފަހު ހުށަހަޅަންވާނެއެވެ.

4.4

ހުށަހަޅާބީލަމުގެ އަގަކީ ނުވަތަ މިޕްރޮޖެކްޓްގެ ދަށުން ހެދޭނެ އެއްބަސްވުމުގެ އަގަކީ އަހަރަކު 1 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްނަމަ ބީލަން ހުށަހަޅާ ފަރާތްތަކަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. އަދި ބިޑްގައި މިރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހިމެނިފައި އޮންނަންވާނެއެވެ.

4.5

މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާއިރު މިމަޢުލޫމާތު ކަރުދާހުގައި ހުށައެޅުމަށް އެދިފައިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ އަންދާސީ ހިސާބު ބަލައި ނުގަތުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. އަދި ބަލައިގަތުމަށްފަހުވެސް މައުލޫމާތު ފުރިހަމަނުވާނަމަ އެފަދަ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބާތިލް ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

5.0

ބީލަންވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް

5.1

މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ނަމްބަރު 10.33 ގައިވާގޮތަށް ބީލަންވެރިންގެ އަމަލުތައް ބަހައްޓަންވާނެއެވެ.

5.2

މިމާއްދާގެ 5.1 ގައި ބަޔާންކޮށްފައިވާ ގޮތައް އަމަލުތައް ނުބެހެއްޓޭ ފަރާތްތައް ބީލަމުން ވަކިކުރުމުގެ އިޚްތިޔާރު  މިސަވިސްއަށް ލިބިގެންވެއެވެ.

6.0

އެވޯރޑްކުރުން

6.1

ބީލަން އެވޯރޑްވިކަމުގެ ސިޓީއާއިއެކު އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް އެދި ފޯމު ފޮނުވޭނެއެވެ. މަޢުލޫމާތު ފޯމް ފުރިހަމަކުރުމަށްފަހު ސިޓީގައިވާ މުއްދަތުގެ ތެރޭގައި ފޮނުވަންވާނެއެވެ.

6.2

ބީލަން އެވޯރޑްވި ފަރާތަށް އެއްބަސްވުމުގެ ޑްރާފްޓް ފޮނުވޭނެއެވެ. އެއްބަސްވުމުގެ ޑްރާފްޓް ފޮނުވާތާ 3 ދުވަހުގެ ތެރޭގައި އެވޯރޑްވި ފަރާތުގެ ކޮމެންޓާއިއެކު ފޮނުވަންވާނެއެވެ.

6.3

އެއްބަސްވުމުގައި ސޮއިކުރުމަށް އަންގާ ތާރީހުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

6.4

މިމާއްދާގެދަށުން ބަޔާންކުރެވިފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކޮށްފިނަމަ އެވޯރޑްވިކަމުގެ ސިޓީ ބާތިލުކުރުމަށްފަހު އެހެންފަރާތަކަށް އެވޯރޑުކުރުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ.

7.0

ސާމްޕަލް

7.1

މި ބީލަމުގެދަށުން ސާމްޕަލް ހުށަހަޅަންޖެހޭނަމަ ބިޑް އެވޯޑްވިކަމުގެ ލިޔުމާއިއެކު ސާމްޕަލް ހުށަހަޅަންވީ މުއްދަތު އެފަރާތަކަށް އެންގޭނެއެވެ. އެގޮތުން މިސަރވިސްގެ ފަރާތުން ސާމްޕަލް ހުށަހެޅުމަށް ދެވޭ މުއްދަތުގެ ތެރެގައި ސާމްޕަލް ހުށަހަޅަންވާނެއެވެ.

 

 

 

 

 

 

 

TENDER DOCUMENT FOR 3CX MAINTENANCE FOR 32SC PRO LICENSE  

Specifications:

  • 3CX maintenance renewal for 32sc pro license.
  • 3CX technical support for one year.
  • Gold partner of 3CX for Maldives.
  • 3CX Version 16, Advance training for 2 staffs.

 

 QUERIES/CLARIFICATIONS:

Please contact:  Thariq Mohamed

                                Information & Communication Directorate, Maldives Police Service

                                Cell Phone: +960 9998333

 

  Bid evaluation procedure

  • The bid documents will be evaluated by a selected team.
  • The evaluation procedure will follow a knock-out-system.
  • The Best 3 bid documents will be nominated to Final Stage.

  Compulsory Criteria

 -          If the bid document does not meet the minimum requirement of Maldives Police service, or does not state pricing, the bid will be eliminated.

-          Bid documents must include the contact details which Maldives Police Service may require to clarify any information in the bid document.

-          Bidding party must be listed 3CX official website as a gold partner.

-          Any addition to the minimum requirement should be stated clearly.

-          Bid documents that do not meet the compulsory criteria will be excluded.

 

The following point system will be used for evaluation process.

 

#

Specifications

Points

1

Company Profile (10)

 

 

-          Company History

06

 

-          Company Registration Certificate copy

02

 

-          GST Registration Certificate copy

02

2

-          Technical Support - 24/7

10

4

Price (  )

50

5

Delivery (  )

30

 

TOTAL

100

 

 

 

 

 

 

 

  

 

 

             އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިންމު ޕޮއިންޓްސްތައް

1- އަގުއަދާކުރާނެ ގޮތްް:

ހ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހުރިހާ ތަކެއްޗެއް ގަންނަ ފަރާތާއި ޙަވާލުކޮށް، އެތަކެތި ޗެކްކުރުމަށްފަހު އެއީ ގަންނަ ފަރާތުން މިއެއްބަސްވުމުގެ ދަށުން ގަތުމަށް އެއްބަސްވެފައިވާ ތަކެތި ކަމުގައިވެފައި، ހުށަހަޅާފައިވާ ބިލްގައި އެއްވެސް މައްސަލައެއް ނެތްނަމަ، ބިލް ހުށަހަޅާ ތާރީޚުން ފެށިގެން (ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ) 30 ( ތިރީސް ) ދުވަހުގެ ތެރޭގައެވެ.

ށ. އަގުއަދާކުރާނީ ހުރިހާ ތަކެއްޗެއް ގަންނަ ފަރާތަށް ފޯރުކޮށްދިނުމަށްފަހު، އަދި އެތަކެއްޗަކީ ވިއްކާ ފަރާތުން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ތަކެތިތޯ ބަލައި ޗެކްކުރުމަށްފަހުގައެވެ. ޖޫރިމަނާއެއް ވާނަމަ އެޖޫރިމަނާއެއް ބިލުން އުނިއިތުރު ކުރުމަށްފަހުއެވެ.

2- އެއްބަސްވެފައިވާމުއްދަތަށްތަކެތިފޯރުކޮށްނުދެވިއްޖެނަމަޢަމަލުކުރާނެގޮތް: 

ހ. މަސައްކަތާއި ޙަވާލުވި ފަރާތުގެ އިޙްމާލުން، މިއެއްބަސްވުމުގެ މުއްދަތުގައި މަސައްކަތް ފުރިހަމަކޮށް ނުނިމިއްޖެނަމަ މަސައްކަތް ޙަވާލުކުރި ފަރާތަށް ގެއްލުމުގެ އަގު މަސައްކަތާއި ޙަވާލުވި ފަރާތުން ދޭންޖެހޭނެއެވެ. މިގޮތުން އެއްބަސްވެފައިވާ މުއްދަތަށް ވުރެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް މި އެއްބަސްވުމުގަައިވާ މަސައްކަތް ފުރިހަމަކޮށް ނިންމުމަށް އެއްބަސްވެފައިވާ އަގުގެ 0.005   (ސުމެއް ޕޮއިންޓް ސުމެއް ސުމެއް ފަހެއް) ޖޫރިމަނާގެ ގޮތުގައި އުނިކުރެވޭނެއެވެ.

CP x 0.005 x LD= ލިކުއިޑޭޓް ޑެމެޖަސް (ލަސްވުމުގެ އަގު)

  • CP  = ކޮންޓްރެކްޓް ޕްރައިސް: ކޮންޓްރެކްޓްގެ ޖުމުލަ އަގު
  • LD = ލޭޓް ޑިއުރޭޝަން: ކޮންޓްރެކްޓްގެ މުއްދަތަށް ވުރެ އިތުރުވާ ދުވަސްތައް

ށ. މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ޖޫރިމަނާގެ ގޮތުގައި ފުރިހަމަ ކޮށްފައިވާ މަސައްކަތުން އުނިކުރެވޭ ޢަދަދު، ތަކެތީގެ ޖުމްލަ އަގުގެ އަށްވުރެ އިތުރުވެއްޖެނަމަ މަސައްކަތާއި ޙަވާލުވިފަރާތް މި މުޢާމަލާތުން ވަކިކުރުމުގެ އިޚްތިޔާރު މަސައްކަތް ޙަވާލުކުރި ފަރާތަށް ލިބިގެންވެއެވެ.

3- ތަކެތީގެފެންވަރު:

ހ. ތަކެތި ވިއްކާ ފަރާތުން ގަންނަ ފަރާތާއި ތަކެތި ޙަވާލުކޮށް ނިމޭއިރު ތަކެތި ހުންނަންވާނީ، ގަންނަ ފަރާތުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ. އަދި އެތަކެތި ހުންނަންވާނީ ތަކެތި ގަންނަ ފަރާތުން ޤަބޫލުކުރާ ފެންވަރުގެ ތަކެތީގެ ގޮތުގައެވެ.

ށ. މިއެއްބަސްވުމުގެ ދަށުން އެޕްރޫވަލް ދެވިފައިވާ ސާމްޕަލްތަކާއި ޚިލާފަށް، ތަކެތި ވިއްކާ ފަރާތުން ފޯރުކޮށްދީފައިވާ ތަކެއްޗަކީ ފެންވަރު ދަށް ތަކެތި ކަމަށްސާބިތުވާނަމަ ނުވަތަ އެތަކެތީގައި އުނިކަމެއް ހުރިނަމައެފަދަ ތަކެތި ބަލައި ނުގަތުމުގެ އިޚްތިޔާރު ގަންނަ ފަރާތަށް ލިބިގެން ވެއެވެ.

ނ. މަތީގައި ބަޔާންކުރެވިފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ތަކެތި ގަންނަ ފަރާތުން ތަކެތި ވިއްކާ ފަރާތާއި ތަކެތި ޙަވާލުކުރަން ނިންމައިފި ހިނދެއްގައި އެފަދަ ތަކެތީގެ ބަދަލުގައި ތަކެތި ގަންނަ ފަރާތުން ޤަބޫލުކުރާ ފެންވަރުގެ (ތަކެތި ގަންނަ ފަރާތުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަދި ތަކެތި ގަންނަ ފަރާތުން އެޕްރޫވަލް ދީފައިވާ ސާމްޕަލާއި އެއްގޮތަށް) ނުވަތަ އެއާއި އެއްފެންވަރެއްގެ އެހެން ތަކެތި، ވިއްކާ ފަރާތުން ގަންނަ ފަރާތަށް އިތުރު އަގަކާއި ނުލައި ފޯރުކޮށް ދޭންވާނެއެވެ.

ރ. މި މާއްދާގެ ''ށ'' ގައި ބަޔާންކުރެވިފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ، ވިއްކާ ފަރާތާއި ތަކެތި ޙަވާލުކުރަން ގަންނަ ފަރާތުން ނިންމައިފިނަމަ އެފަދަ ތަކެއްޗާއި ވިއްކާ ފަރާތުން ޙަވާލުވާންވާނެއެވެ. އަދި ވިއްކާ ފަރާތުން ތަކެއްޗާއި ޙަވާލުނުވުމުގެ ސަބަބުން ތަކެއްޗަށް ލިބޭ އެންމެހައި ގެއްލުމަކަށް ޒިންމާ ވާންޖެހޭނީ ވިއްކާ ފަރާތުންނެވެ.

4- އެއްބަސްވުމުގައިނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެގޮތް:

މިއެއްބަސްވުމުގައި ނުހިމެނޭކަމެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރާނީ ދެފަރާތުގެ މެދުގައި މަޝްވަރާކުރެވި ދެފަރާތް އެއްބަސްވާގޮތެއްގެ މަތީންނެވެ. މިގޮތުން ޙައްލު ނުކުރެވިއްޖެނަމަ ގަންނަ ފަރާތާއި ވިއްކުމަށް ޙަވާލުވި ފަރާތަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް އެކަމެއް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

5- އަމިއްލަ ބާރުނުފޯރުވޭ ކަންތައްތައް:

އެކަމެއް ހުއްޓުވުމުގެ ބާރު ވިއްކާފަރާތަށް ނެތް ކަމެއް ދިމާވުމުގެ ސަބަބުން، މިއެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރެވިއްޖެނަމަ، ތަކެތި ގަންނަ ފަރާތުން އެކަން މަޤްބޫލު އުޛުރެއްގެ ގޮތުގައި ޤަބޫލުކުރަންވާނެއެވެ. މިފަދަ ޙާލަތްތަކުގެ ތެރޭގައި ތޫފާން، ފެންބޮޑުވުން، ހަނގުރާމަ، މަދަނީ ހަމަނުޖެހުން ހިމެނެއެވެ.

22 ސެޕްޓެންބަރު 2019