ޢާންމު މަޢުލޫމާތު
ނަންބަރު: (A)AD-2019/236
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:53
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓަރީއެއް އެކުލަވާލުން

ނަންބަރ:A)AD-2019/236)

އިޢުލާނު

ވެންޑަރ ރަޖިސްޓަރީއެއް އެކުލަވާލުން

މިކޮމިޝަނުގައި ވެންޑަރ ރަޖިސްޓަރީއެއް އެކުލަވާލުމަށް ބޭނުންވާތީވެ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް މިކޮމިޝަނުގެ ވެންޑަރ ރަޖިސްޓަރީގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ރަޖިސްޓަރީއަށް އަމަލުކުރަން ފަށާނީ 2020 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ވީމާ، ވެންޑަރ ރަޖިސްޓަރީގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ "ވެންޑަރ ރަޖިސްޓަރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. އީ- މެއިލް މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ހުށަހަޅުއްވާ ފަރާތްތަކުން އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

މި އިޢުލާން ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv  ގައި ޝާއިއު ކުރެވިފައިވާނެއެވެ. ވެންޑަރ ރަޖިސްޓަރޭޝަނާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެވުން އެދެމެވެ. ނުވަތަ 3004431,3004461 ނަންބަރަށް ގުޅުއްވުން އެދެމެވެ.

22 ސެޕްޓެންބަރު 2019