ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475/475/2019/135
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 01 އޮކްޓޫބަރު 2019 13:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ކޮންސަލްޓެންޓް)

ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ މޯލްޑިވްސް އެންހާންސިންގ އެމްޕުލޮޔަބިލިޓީ އެންޑް ރެސިލިއެންސް އޮފް ޔޫތު ޕުރޮޖެކްގެ ދަށުން ފަތުރުވެރި ކަމުގެ ދާއިރާއަށް ބޭނުންވާ ތަމްރީންތައް ހޯދާ ދެނެގަނެގަތުމުގެ ދިރާސާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:              އިންޑިވިޖުއަލް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:        1 (އެކެއް)

މަސައްކަތުގެ މުއްދަތު:   02 މަސް ދުވަސް.

 

ފެންވަރު ނުވަތަ ޝަރުތު:

މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި ޓާރމްސް އޮފް ޕޭމަންޓް  "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް ގެޒެޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 އޮކްޓޯބަރ 2019 ގެ 13:00 ގެ ކުރިން  ގާޒީ ބިލްޑިންގް، ގްރައުންޑް ފްލޯރގައި ހުންނަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓްއަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 97790043341288 /  އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.            

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

 ޕުރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ނަންބަރު : P163818

ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ، ދިވެހިރާއްޖެ

އީމެއިލް :      @mohe.gov.mvmohamed.manaan   

 

 ކޮންސަލްޓަންސީ ދޭނޭ ފަރާތެއް ހޮވުން:   - މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު: - މި މަގާމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ޕުރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ނަންބަރު   9779004/  3341288އާއި ގުޅުއްވުން އެދެމެވެ.

22 ސެޕްޓެންބަރު 2019