ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލައް، ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: (I)(I)HR/2019/13
މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުހުރި، ޤާބިލް މީހެކެވެ.
މަގާމު: |
ޑްރައިވަރ |
||
މަޤާމުގެ ނަންބަރ: |
J-258219 |
||
ބޭނުންވާ އަދަދު: |
01 ( އެކެއް) |
||
މަޤާމުގެ ގިންތި: |
ދާއިމީ |
||
މަޤާމުގެ ރޭންކް: |
އެސް.އެސް 2 |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯރޓް ސްޓާރފް ގްރޭޑް 2 |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފުވައްމުލަކު ހޮސްޕިޓަލް |
||
މުސާރަ: |
މަހަކު 3470.00 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު 1000.00 ރުފިޔާ |
||
އެހެނިހެން އެލަވަންސް: |
|
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްގަމު އުޅަނދު ފަހަރުގެ ޤަވާއިދާއި އެއްގޮތަށް ވެހިކަލްތަކުގައި ދަތުރުކުރުމާއި، ދަތުރުކުރުމަށް ބޭނުންވާ ހުރިހާ ވަގުތެއްގައި ދަތުރުކުރެވޭ ޙާލަތުގައި ވެހިކަލްތައް ބޭއްވުން. - އެމްބިއުލާންސްގައި ބަލިމީހުން އުފުލުމުގެ ދަތުރުތައްކުރުމާއި، އެމްބިއުލާންސްގައި ހުންނަންޖެހޭ އޮކްސިޖަން، ސްޓްރެޗަރ، ސަކްޝަން ފަދަ ތަކެތި ފުރިހަމަޔަށް ހުރިތޯ އާއި ރަގަޅަށް މަސައްކަތްކުރޭތޯ ބަލާ ޗެކްކޮށް ރަގަޅު ނޫންނަމަ އެކަންކަން ކަމާބެހޭ ސެކްޝަނާއި ގުޅިގެން ރަނގަޅުކުރުން. - ބަލިމީހުން އުފުލުގައި ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް އަމަލުކޮށް އަދި އޯގާތެރިކަމާއި ހިތްހެޔޮކަމާއިއެކު ބަލިމީހުންނަށް އެހީތެރިވެދީ، ޢާއްމު ޚިދުމަތަށް ބުރުނާރާނެ ފަދަ ގޮތަކަށް ޑިއުޓީގައި މަސައްކަތްކުރުން.
- ހޮސްޕިޓަލަށް ތަކެތި ހޯދުމުގައި ވެހިކަލްތަކުން ކުރަންޖެހޭ ދަތުރުތައްކުރުމާއިއެކު ތަކެއްޗާއި މީހުން އުފުލުމުގައި ބޭނުންވާ އެހީތެރިކަންދިނުން. - ވެހިކަލް ދުއްވުމުގެ ކުރިން އޭގައި ހުންނަންޖެހޭ ތެޔޮ، އަޑީތެޔޮ، ފެން އަދި އެހެނިހެން ތަކެތިވެސް ރަގަޅަށް ޗެކްކޮށް ބަލާ ގެއްލުމެއް ލިބިފައިވޭތޯ ބަލާ ގެއްލުމެއް ލިބިފައިވާނަމަ އެކަން ކަމާބެހޭ މުވައްޒަފަކާއި ގުޅިގެން ރަނގަޅުކުރުން. - ވެހިކަލްތަކަށް ބޭނުންވާ ތެޔޮ އެޅުމަށް ހަމަޖެހިފައިވާ ޤަވާޢިދާއި އެއްގޮތަށް ތެޔޮހޯދާ އެޅުން. އަދި ވެހިކަލް ދުއްވުމުގެ ތެރޭގައި ގެއްލުމެއް ލިބިއްޖެނަމަ އެކަން ކަމާބެހޭ ސެކްޝަނަށް އަންގައި ރަނގަޅުކުރުން. - ވެހިކަލް ރަގަޅަށް ދޮވެ ކޮންމެ ދުވަހަކު އެއްފަހަރު ސާފުކުރުން، ކުރާ ދަތުރުތައް ނިމުމުންވެސް ވެހިކަލް ސާފުތާހިރުކޮށް ބެލެހެއްޓުމާއި ވެހިކަލް ދުއްވުމަށްފަހު ގަރާޖަށް ވެއްދުމުގެ ކުރިން ވެޅިފޮޅާ ރަގަޅަށް ސާފުކުރުން. - ވެހިކަލްތަކުގައި މަރާމާތުކުރަންޖެހޭ ކަމެއް ހުރިތޯ ބަލާ ކަމާބެހޭ މުވައްޒަފުންނާއި ވާހަކަ ދައްކާ އެކަންކަން ރަގަޅުކުރުމާއި ވެހިކަލްތައް މަހަކު އެއްފަހަރު ސަރވިސް ކުރުވުން އަދި ވެހިކަލްތަކުގެ އަހަރީ ފީދެއްކި ސްޓިކާ އަދި ރޯޑްވާދިނަސް ސްޓިކާ މުއްދަތު ހަމަވުމުގެ ކުރިން ކަމާއިބެހޭ ސެކްޝަނާއި ގުޅިގެން ހޯދުން. |
||
މަޤާމުގެ ޝަރުތުތައް: |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޤަބޫލުކުރާ B1 ކެޓަގެރީގެ ލައިސަންސް ޙާޞިލްކޮށްފައިވުން. |
||
|
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ސެޕްޓެމްބަރ 2019 ގެ 13:30 ގެ ކުރިން، މިހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 6860919 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު |
މިވަޒީފާއަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު 2019 އޮކްޓޯބަރ މަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއު އޮންނާނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. |
||
ޝޯޓް ލިސްޓްކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6860919 އެވެ. އީ- މެއިލް ކުރާނީ [email protected] އަށެވެ. |
20 މުޙައްރަމް 1441 ހ.
19 ސެޕްޓެމްބަރ 2019މ.
މުޙައްމަދު އިސްމާއީލް ދީދީ
ޑިރެކްޓަރ