މަގާމު
|
މެކޭނިކް (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)
|
ބޭނުންވާ ޢަދަދު
|
2 (ދޭއް)
|
މުސާރަ
|
(މަހަކު) -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް
|
(މަހަކު) -/2000 ރުފިޔާ
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ކަނޑާއި އެއްގަމުގެ ދަތުރުފަތުރު ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ ޓެކްނިކަލް މަސައްކަތްތައް ހައްލުކުރުމާއި، އިންޖީނިއަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. އަދި ވޯކްޝޮފްގައި ކުރެވޭ މަސައްކަތްތައް ރާވާ ހިންގުމުގައި ސްޕްވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކަނޑު ދަތުރުފަތުރު ތަކުގައި ބައިވެރިވެ، އުޅަންދަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރުމާއި، ކުރެވޭ މަސައްކަތްތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އުޅަނދުފަހަރާއި ތަކެތީގެ ސާފުތާހިރުކަން ދެހެމެހެއްޓުމަށް މަސައްކަތްކުރުން.
|
ފެންވަރު ނުވަތަ ޝަރުތު
|
- މެރިން އިންޖިނިއަރިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ޖީ.ސީ.އީ އޯލެވެލް ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،
- މި ދާއިރާގައި މެރިން އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭންކްގައި 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
- ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ގާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.
|
މަގާމު
|
ފަޅުވެރި
|
ބޭނުންވާ ޢަދަދު
|
4 (ހަތަރެއް)
|
މުސާރަ
|
(މަހަކު) -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
(މަހަކު) -/1500 ރުފިޔާ
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ކަނޑުމަތީގެ ދަތުރުތަކުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް އިސްކަންދިނުން.
- އުޅަނދުފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތަކުގައި އެހީތެރިވުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
|
ފެންވަރު ނުވަތަ ޝަރުތު
|
- ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
- މިދާއިރާގައި ލޯންޗް ފަޅުވެރިއެއްގެގޮތުން 4 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ގާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.
|
މަގާމު
|
ވޮޗަރ (ޖީ.އެސް-2)
|
ބޭނުންވާ ޢަދަދު
|
1 (އެކެއް)
|
މުސާރަ
|
(މަހަކު) -/4000 ރުފިޔާ
|
ސަރވިސް އެލަވަންސް
|
(މަހަކު) -/1000 ރުފިޔާ
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ވެހިކަލް ގަރާޖާއި ގަރާޖުގައިވާ ތަކެއްޗަށް ނުކައްކަލެއް ދިމާނުވާނެގޮތުގެމަތީން ސެކިއުރިޓީ ބެލެހެއްޓުން.
- ވެހިކަލް ގަރާޖު ބޭނުންކުރާ މީހުންނަކީ ހުއްދަ ލިބިފައިވާ ފަރާތްތައްތޯބަލާ ޗެކްކުރުމާއި ހުއްދަނެތް ފަރާތްތައް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބެގެން ނޫނީ އިމާރާތުގެ ތެރެއަށް ވަދެއުޅުނަ ނުދިނުން.
- ސެކިއުރީޓީ ބެލެހެއްޓުމުގައި ސަލާމަތާއި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
|
ފެންވަރު ނުވަތަ ޝަރުތު
|
- ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
- މި ދާއިރާގައި 4 އަހަރު ދުވަހު މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހުރުމާއެކު ފުރިހަމަ ސިއްހަތެއްގައި ހުރުން.
|
އިތުރު ޢިނާޔަތްތައް
|
މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ބަންދު ދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ކޮއްތު އެލަވަންސްއާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.
|
ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި
|
މި ވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2019 އޮކްޓޫބަރު 1 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާއަށްއެދި ހުށަހަޅުއްވާ ސިޓީތައް އީ މެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322601 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
|