ދިވެހިރާއްޖެ
އިއުލާން
2 ވަނަ ޗައިނާ އިންޕޯޓް އެކްސްޕޯ 2019 ގައި " ކަންޓްރީ ޕެވިލިއަން ސްޓޯލް" ޑިޒައިން ކުރާނެ ފަރާތެއް ހޯދުމާގުޅޭ
2 ވަނަ ޗައިނާ އިންޕޯޓް އެކްސްޕޯ 2019 ގައި " ކަންޓްރީ ޕެވިލިއަން ސްޓޯލް" ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން 1 ސެޕްޓެންބަރު 2019 ގައި ކުރި އިޢުލާން ނަންބަރު: (IUL)101-AF/1/2019/279 އަށް އެކީށީގެންވާވަރަށް ބީލަމަށް ފަރާތެއް ހުށައަޅާފައި ނުވާތީވެ އަލުން މިފުރުސަތު ހުޅުވާލަމެވެ.
2 ވަނަ ޗައިނާ އިންޕޯޓް އެކްސްޕޯ ނޮވެމްބަރު މަހުގެ 5 އިން 20 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެކްސްޕޯގައި " ކަންޓްރީ ޕެވިލިއަން" ގައި މި މިނިސްޓްރީ އިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.
ކަންޓްރީ ޕެވިލިއަންގައި ހަދާ ސްޓޯލް ޑިޒައިންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.
މިއިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ސެޝަން އޮންނާނީ 29 ސެޕްޓެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިމާރާތުގައެވެ.
ޕްރޮޕޯސަލް އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 01 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިމާރާތުގައެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި/ލިޔުން:
- އެސްޓިމޭޓް / ކޯޓޭޝަން
- ކުންފުނީގެ ޕްރޮފައިލް
- ތަޖުރިބާ ތަޖުރިބާ ބަޔާންކުރާ ލިޔުންތައް
- ކުރިން މިކަހަލަ މަސައްކަތެއް ކޮށްފައިވާނަ 3D ރެންޑަރިންގ އަދި ޑްރޮވިންގ
- ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
- ޓެކްސް ކްލިއަރަންސް
ޕްރޮޕޯސަލް އިވޭލުއޭޓް ކުރެވޭނެ ގޮތް:
# |
ކެޓަގަރީ |
މާރކްސް % |
1 |
އަގު (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަ މާރކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން) |
50 |
2 |
ތަޖުރިބާ |
40 |
3 |
ކުންފުނީގެ ޕްރޮފައިލް |
05 |
4 |
ކުންފުނީގެ މާލީ ޤާބިލުކަން (ފައިނޭންޝަލް ކޭޕަބިލިޓީ) |
05 |
އިތުރު މަޢުލޫމާތު ހޯދެއްވުމަށް، މި މިނިސްޓްރީގެ ނަންބަރު 3333104 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
19 ސެޕްޓެމްބަރު 2019