ދިވެހިރާއްޖެ
މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު
ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތަމްރީންދެވޭ ދާއިރާ: |
ލައިބްރަރީ މެނޭޖްމަންޓް |
ތަން: |
އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް، ޤައުމީ ކުތުބުޚާނާ |
މުއްދަތު: |
29 އަދި 30 ސެޕްޓެމްބަރ 2019 |
ޖާގަ: |
20 |
މި މަސައްކަތު ބައްދަލުވުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 26 ގެ 14:00 ގެ ކުރިން އެބޭފުޅެއްގެ ވަނަވަރު [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މި މަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3007282) އަށެވެ.
20 މުޙައްރަމް 1441