މަސައްކަތް
ނަންބަރު: (IUL)394/394/2019/69
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 30 ސެޕްޓެންބަރު 2019 10:30
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ކޮޓަރީގެ އެޕާރޓްމަންޓެއް އިމާރާތްކުރުން

                  މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ރައްޔިތުންގެ މަންފާ ގޯތީގައި (މިރަށު އިރުވާކޮޅުގޭ އިރުން އޮމަދޫ ސްކޫލާއި ދެމެދު އޮތް ބިމުގައި) 1 ކޮޓަރީގެ އެޕާރޓްމަންޓެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.     

                  ކަމާއި ބެހޭ މައުލޫމާތު ދިނުން އޮންނާނީ 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު 10:30 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ 06 އޮކްޓޫބަރ 2019 ވާ އާދީއްތަ ދުވަހު 10:30 ގައި މި އިދާރާއަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އެސްޓިމޭޓްތައް އަދި ދިވެހިރާއްޖޭގެ ވިޔަފާރިއާއިބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީނުވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ސެޕްޓެންބަރު 2019